ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 21:02
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިނިސްޓަރު ޒަހާ ވަހީދު ޖަވާބުދާރީވެވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިނިސްޓަރު ޒަހާ ވަހީދު ޖަވާބުދާރީވެވަޑައިގަންނަވަނީ
މަޖިލިސް
ޒަހާ މަޖިލީހަށް ހާޒިރު ކުރުން
މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލާގައި މިނިސްޓަރ ޒަހާ މަޖިލީހަށް ހާޒިރު ކުރަނީ
ޒަހާ ވަހީދު ހާޒިރުކޮށް ސުވާލު ކުރަން ދެ މެންބަރަކު ހުށަހެޅުއްވި
މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލައަށް ސުވާލު ކުރައްވަނީ މެންބަރު ޔައުގޫބް
މަޑުއްވަރީގެ އައިސް ޕްލާންޓަކާ ގުޅޭ ގޮތުން މެންބަރު އާދަމް ޝަރީފް ވެސް ސުވާލު ކުރައްވާ

ސަރުކާރުގެ މަސްވެރި ކުންފުނި، މިފްކޯއަށް މަސްވެރިން ވިއްކި މަހަށް ފައިސާ ނުލިބޭ މައްސަލާގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ހެނދުނު ބާއްވާ ޖަލްސާއަށް ހާޒިރު ކުރަން ތާވަލުކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ހާޒިރުވެވަޑައިގަތުމަށެވެ.

މެންބަރު ޔައުގޫބްގެ ސުވާލަކީ މިފްކޯއަށް މަސްވެރިން ވިއްކާ މަހަށް ފައިސާ ނުދީ ލަސްވަނީ ކީއްވެގެންތޯ އާއި، މަސްވެރިންނަށް ގަވާއިދުން ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސޭނީ ކިހާ ދުވަހެއްގެ ތެރޭގައިތޯއެވެ.

މީގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުން ވެސް މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވެއެވެ.

އާދަމް ޝަރީފް ކުރައްވާ ސުވާލަކީ ރ. މަޑުއްވަރީގައި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓް ގާއިމު ކުރުމުގެ މަސައްކަތް ލަސްވަނީ ކީއްވެގެންތޯއެވެ. އަދި އައިސް ޕްލާންޓްގެ މަސައްކަތް ނިމި ހިދުމަތް ލިބެން ފަށާނީ ކޮން ތާރީހެއް ގައިތޯއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށި، އިގްތިސާދާއި ދައުލަތުގެ މާލިއްޔަތު ދަށްވާން ފެށި ފަހުން މިފްކޯއަަށް މަސްވެރިން ވިއްކާ މަހަށް ފައިސާ ދިނުން ވަނީ ލަސްވެފައެވެ. މިކަމާ ގުޅިގެން މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

- ކޮމެންޓް
1 ސެޕްޓެންބަރ 2020 | އަންގާރަ 11:25
ޒަހާ
މިނިސްޓަރު ދަރަނިއަށް މަސްގަންނަނީ ކީއްކުރަން. ދަރަނިއަށް ނަގާތީ ދޯ މަސްވެރިންނަށް ފައިސާކޮޅު ނުލިބެނީ
30 އޯގަސްޓް 2020 | އާދީއްތަ 23:05
ޛ
ސަޅި މަސްއޫލިއްޔަތު އަދާ ނުކުރަންޏާ ބޭރުކުރޭ އަވަހައް ވޯޓެއް ނަގާ ފަ މަސް ވެރިންނާ ނުކުޅޭތި ، މިހާރު ރިސޯޓް ބޮއިސް ވެސް ދަނީ މަހައް ހަމައެކަނި އާމްދަނީ ލިބޭނެ މަގު މިމީހުންގެ ދުއްތުރާ ނުވަތަ ނާގާބިލްކަން