ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 15:02
އަދުރޭ ފުލުހަށް ހާޒިރުުވުމަށް އަންގައި ޗިޓު ހަވާލު ކުރަނީ
އަދުރޭ ފުލުހަށް ހާޒިރުުވުމަށް އަންގައި ޗިޓު ހަވާލު ކުރަނީ
ސޯޝަލް މީޑިއާ
އަދުރޭ ފުލަހަށް ހާޒިރުވާން އެންގުން
އަދުރޭ ފުލަހަށް ހާޒިރުވާން ޗިޓް ހަވާލުކޮށްފި
އަދުރޭ ފުލަހަށް ހާޒިރުވާން އަންގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:00ށް
ޑރ ވަހީދާއި ޝުޖާއުވެސް ފުލަހަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފައި

އިދިކޮޅު ކޯލިޝަންް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ފުލުހަށް ހާޒިރުވުމަށް ޗިޓު ހަވާލުކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޯލިޝަނުން ބުނެފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:00ށް އަދުރޭ ފުލަހަށް ހާޒިރުވުމަށް ޗިޓް ހަވާލުކޮށްފައިވާ ކަމަށެވެ.

އަދުރޭ ފުލުހަށް ހާޒިރު ކުރަން އަންގާފައިވަނީ، "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މި ނަމުގައި މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ސައިކަލުބުރާއި ގުޅިގެންނެވެ. އެ މައްސަލައިގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ފުލުހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.

ޑރ ވަހީދު ފުލަހަށް ހާޒިރުވާން އަންގާފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 4:00 ގައެވެ. އަދި ޝުޖާއު ހާޒިރުވާން އަންގާފައިވަނީ އާދިއްތަ ދުވަހުގެ ރޭ 19:00ގަ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ މިންގަނޑުތަކާއި ޚިލާފަށް އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ އެއްވުމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެކަން ބަލަމުންދާ ކަމަށެވެ. އިދިކޮޅު އިސްފަރާތްތަކުން ފުލަހަށް ހާޒިރުވާން ޗިޓް ފޮނުވަމުންދާތީ އިދިކޮޅުން ބުނަމުން އަންނަނީ މިއީ ސަރުކާރު ބަލިކަށިވަމުންދާތީ ބާރުގެ ބޭނުންކޮށްގެން ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ.

- ކޮމެންޓް