ކ. މާލެ
|
28 އޯގަސްޓް 2020 | ހުކުރު 23:57
ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ އަލިފާން ރޯވި ސަރަހައްދުގައި
ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ އަލިފާން ރޯވި ސަރަހައްދުގައި
ރާއްޖެއެމްވީ
އެސްބީއައި އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ: އިމްރާން އިލްތިމާސްކުރެއްވީ މި ދަނޑިވަޅުގައި ވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް
މިފަދަ ވަގުތު ތަކުގައިވެސް އަމަލު ކުރަމުން ގެންދަންވީ ބަލި ފެތުރުމަށް މަގުފަހިނުވާނެ ކަހަލަ ގޮތަކަށް
މިނިސްޓަރ ވަނީ ތަކުރާރުކޮށް ފަރުދީ ޒިންމާ އަދާ ކުރެއްވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފަ

އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް، މިއީ ކޮވިޑް-19ގެ ހާލަތު ކަމުން ހުރިހާ ފަރާތަތްތަކުން ވެސް ފަރުދީ ޒިންމާ އަދާ ކުރެއްވުމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

'ރާއްޖެއެމްވީ' އަށް ފޯނުން ދެއްވި ޚާއްސަ އިންޓަރވިއުގައި މިނިސްޓަރ ވަނީ މިއީ ކޮވިޑް-19 ގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކާވެފައި އޮތް ވަގުތެއް ކަން ފާހަގަކުރައްވާފައެވެ.

އަދި ވިދާޅުވީ މިފަދަ ވަގުތު ތަކުގައިވެސް އަމަލު ކުރަމުން ގެންދަންވީ ބަލި ފެތުރުމަށް މަގުފަހިނުވާނެ ކަހަލަ ގޮތަކަށް ކަމަށެވެ.

މިނިސްޓަރ ވަނީ ތަކުރާރުކޮށް ފަރުދީ ޒިންމާ އަދާ ކުރެއްވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.

އިމްރާން ވަނީ މި އަލިފާނުގެ ހާދިސާއާއި ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތްތައް ވެސް ހިއްސާ ކުރައްވާފައެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ ސަރަހައްދުގައި މަންޒަރު ބަލަން ތިބި ފަރާތްތައް ފޮނުވާލުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސް ކުރަމުންދާ ކަމަށެވެ. އަދި މިހާރު އެ ސަރަހައްދުން ކުޅި ބަލަން ތިބި އެންމެން ދުރަށް ޖައްސާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

- ކޮމެންޓް