ކ. މާލެ
|
28 އޯގަސްޓް 2020 | ހުކުރު 21:19
އިދިކޮޅުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން
އިދިކޮޅުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން
ޕީޕީއެމް
އިދިކޮޅުން މުޒާހަރާކުރުން
އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އިދިކޮޅުން ބޭއްވި މުޒާހަރާގެ މައްސަލަ ބަލަނީ
ގިނަ މީހުން ތިބި މާސްކުވެސް ނާޅަ
މުޒާހަރާ ކުރީ ރާއްޖެ ވިއްކާލުމާއި ދެކޮޅަށް ކަމަށް ބުނެ
އަތޮޅުތެރޭގައި ވެސް އިދިކޮޅުން މުޒާހަރާކުރި

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާއި ހިލާފަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ މާލޭ ގައި ބޭއްވި މުޒާހަރާގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ، އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފަށް ގައިދުރުކަން ނުބަހައްޓާ މާސްކު ނާޅައި އުޅޭފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވި ދުވާލެއްގެ މައްޗަށް 100ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވަމުންދާއިރު ''ރާއްޖެ ވިއްކާލުމާއި'' ދެކޮޅަށް އިދިކޮޅުން ވަނީ މާލޭގެ އިތުރުން އަތޮޅު ތެރޭގައި މުޒާހަރާކޮށްފައެވެ. މި މުޒާހަރާގައި 200 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.

އިދިކޮޅުން މާލޭގައި މުޒާހަރާ ކޮށްފައިމިވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ހާލަތު ގޯސްވަމުން ދަނިކޮށެވެ. ދުވަހެއް ދުވަހަކަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު އިތުރުވަމުން އަންނައިރު އެންމެ މަދުވެގެން އެއް ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއް ނުވުމަށް އެޗްޕީއޭއިން ތަކުރާރުކޮށް ހަނދާން ކޮށްދެމުންނެވެ. ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކުރެވެމުން އަންނައިރު މީގެ ދެ ގުނަ އަށް މީހުން ޕޮޒިޓިވްވާން ފަށައިފިނަމަ ހޮސްޕިޓަލުގެ އެނދުތައް ފުރި ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ހާލަތު ގޯސްވެދާނެ ކަމަށް ޑޮކްޓަރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

- ކޮމެންޓް