ކ. މާލެ
|
28 އޯގަސްޓް 2020 | ހުކުރު 19:17
ޕީޕީއެމުން މާލޭގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން
ޕީޕީއެމުން މާލޭގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން
ޕީޕީއެމް
އިދިކޮޅުން މުޒާހަރާކުރުން
ކޮވިޑު ކޭސްތައް 100 އިން މަތީގައި، އިދިކޮޅުން މުޒާހަރާގައި
އެއްވެސް ވަރަކަށް ގައިދުރުކަމެއް ނެތް
ރަށްރަށުގައިވެސް މުޒާހަރާކުރި

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވި ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވަމުންދާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މާލޭ މަގުމަތީގައި މުޒާހަރާ ކޮށްފިއެވެ.

އިދިކޮޅު ޒުވާނުންތަކެއް އިސްނަގައިގެން ''ރާއްޖެ ވިއްކާލުމާއި ދެކޮޅު'' މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ އަޑު އުފުލާފައެވެ. މާލޭގައި ބޭއްވި ސައިކަލް ބުރުގައި ގައި އިދިކޮޅުން ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެމީހުންގެ ތެރެއިން ގިނަ މީހުން ތިބި މާސް ކުވެސް ނާޅައެވެ. އަދި ގައިދުރުކަމެއް ވެސް ނެތެވެ.

މުޒާހަރާގެ ތެރެއިން

މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދިޔައީ ވިޔަފާރިތަކަށް ގެއްލުން ދިނުން ހުއްޓާލުމަށާއި، ސައިކަލްތައް ޖޫރިމަނާކުރަން ހުއްޓާލަން ގޮވާލަމުންނެވެ. އެމީހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ވެސް ގޮވާފައެވެ. އެޗްޕީއޭގެ ގައިޑްލައިންތަކާއި ދެކޮޅަށް މުޒާހަރާ ކުރަން ފުލުހުން ވަނީ ޖާގަދީފައެވެ.

އިދިކޮޅުން މާލޭގައި މުޒާހަރާ ކޮށްފައިމިވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ހާލަތު ގޯސްވަމުން ދަނިކޮށެވެ. ދުވަހެއް ދުވަހަކަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު އިތުރުވަމުން އަންނައިރު އެންމެ މަދުވެގެން އެއް ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއް ނުވުމަށް އެޗްޕީއޭއިން ތަކުރާރުކޮށް ހަނދާން ކޮށްދެމުންނެވެ. ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކުރެވެމުން އަންނައިރު މީގެ ދެ ގުނަ އަށް މީހުން ޕޮޒިޓިވްވާން ފަށައިފިނަމަ ހޮސްޕިޓަލުގެ އެނދުތައް ފުރި ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ހާލަތު ގޯސްވެދާނެ ކަމަށް ޑޮކްޓަރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

- ކޮމެންޓް