ކ. މާލެ
|
28 އޯގަސްޓް 2020 | ހުކުރު 08:53
ފުވައްމުލަކު ސިޓީ ފްލެޓްތައް،
ފުވައްމުލަކު ސިޓީ ފްލެޓްތައް،
ސޯޝަލް މީޑިއާ
ފުވައްމުލަކު ސިޓީން ފްލެޓް ދޫކުރުން
ފުވައްމުލަކުގައި ހުރި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 14:00ށް
ކުރިން ހުށަހަޅާފައިނުވާ ލިޔުމެއް ހުށަހަޅަން ބޭނުންވާނަމަ އަލުން ފޯމް ހުށަހަޅަން ޖެހޭ
ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިޔަށްދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި

ފުވައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ 200 ފްލެޓުގެ ތެރެއިން ބާކީ ހުރި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ސަރުކާރުގެ ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި އިމާރާތް ކޮށްފައިވާ 200 ފްލެޓުގެ ތެރެއިން ބާކީ ހުރި އޭ ކެޓަގަރީގެ (ފުވައްމުލަކު ރައްޔިތުންނަށް ޚާއްސަ ކުރެވިފައިވާ) 40 ފްލެޓާއި، ބީ ކެޓަގަރީގެ (ފުވައްމުލަކަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ) 7 ފްލެޓަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު 2020 އޮގަސްޓް 30 ވާ އާދީއްތަ ދުވަހުން ފެށިގެން 2020 ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 14:00ށް ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މީގެ ކުރިން ހުށަހަޅުއްވާފައިވާ ފޯމްތަކުގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ފޯމްތައް މި ފުރުސަތުގައި ހިމެނުމަށް ބޭނުންވާނަމަ ސިޓީއަކުން އެކަން ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި މިފޯމްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ހާލަތު ބަދަލުވެފައިވާނަމަ ނުވަތަ ކުރިން ހުށަހަޅާފައިނުވާ ލިޔުމެއް ހުށަހަޅަން ބޭނުންވާނަމަ އަލުން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ކައުންސިލުން ބުނީ ފްލެޓަށް އެދޭ ފަރާތްތަކަށް ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިޔަށްދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގެ ހެނދުނު 08:30 ން މެންދުރުފަހު 14:00ށް ސިޓީ ކައުންސިލްގެ ލޭންޑް ސެކްޝަނުން (ކުރީގެ ރަށުކައުންސިލްތަކުގެ އިދާރާ) އިން ކަމަށެވެ. އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ ފޯމުތަކާއި މައުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައި ނުގަންނާނެ ކަަމަށް ވެސް ކައުންސިލުން ބުނެއެވެ.

- ކޮމެންޓް