ކ. މާލެ
|
27 އޯގަސްޓް 2020 | ބުރާސްފަތި 18:33
ހުޅުމާލެގެ ބަނދަރު، ކޮވިޑް-19އާ އިމިގްރޭޝަނުން ގިނަ ޚިދުމަތްތަކެއް އޮންލައިން ދެމުންދޭ
ހުޅުމާލެގެ ބަނދަރު، ކޮވިޑް-19އާ އިމިގްރޭޝަނުން ގިނަ ޚިދުމަތްތަކެއް އޮންލައިން ދެމުންދޭ
ރާއްޖެއެމްވީ
އިމިގްރޭޝަންގެ ޚިދުމަތް
ރާއްޖެއަށް އެތެރެވާ ފަޅުވެރިންގެ ލިޔެކިއުންތައް ހުށަހެޅުން އޮންލައިންކޮށް!
އަންނަ މަހު އެއްވަނަ ދުވަހުން ފެށިގެން ޚިދުމަތް ދެމުންދާނީ އޮންލައިންކޮށް
ލިޔެކިއުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް
މިއީ 24 ގަޑިއިރުގެ ޚިދުމަތެއް

ރާއްޖެއަށް އެތެރެވާ ބޯޓުފަހަރުގެ ފަޅުވެރިން ހުށަހަޅަން ޖެހޭ ލިޔެކިއުންތައް އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، ކަނޑު އުޅަނދުފަހަރަށް ފަޅުވެރިން ސައިން އޮން އަދި ސައިން އޮފް ކުރުމަށް އީ-ސަރވިސްގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.

އިމިގްރޭޝަން ސީޕޯޓްއިން އާއްމުންނަށް ދެމުންގެންދާ ޚިދުމަތްތައް ލުއިފަސޭހަވާނޭ ގޮތަށް ފޯރުކޮށްދިނުމަށް ސީޕޯރޓް ސެކްޝަންއަށް ހުށައަޅާ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ހުށައެޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

އެގޮތުން 01 ސެޕްޓެމްބަރ 2020 ފެށިގެން އީމެއިން އިން ލިޔެކިއުންތައް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ކަނޑުއުޅަނދުފަހަރަށް ސައިން އޮން/ސައިން އޮފް ޚިދުމަތް ލިބިގަތުމަށް IM40 ފޯމާއިއެކު ހުށައަޅަންޖެހޭ ވަގުތުގެ ތެރޭގައި ހުރިހާ ލިޔެކިޔުމެއް[email protected]އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ މިއީ 24 ގަޑިއިރުގެ ޚިދުމަތެއް ކަމަށާއި، އަމަލު ކުރަމުންދަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންއާ އެއްގޮތަށް ކަމަށެވެ.

އިމިގްރޭޝަންގެ ޚިދުމަތްތަކާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް، މި އިދާރާގެ ފޯނު ނަންބަރު 9199157 (ސީޕޯޓް އިމިގްރޭޝަން ހޮޓްލައިން)، އަށް ގުޅުމަށް ވަނީ އެދިފައެވެ.

- ކޮމެންޓް