ކ. މާލެ
|
27 އޯގަސްޓް 2020 | ބުރާސްފަތި 13:42
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު
ފޮރިން މިނިސްޓްރީ
އިންޑިއާ - ރާއްޖެ
އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި ހިންގާ 2 މަޝްރޫއެއް އިފްތިތާހުކޮށްފި
ސެންޓްރަލް ޕާކު މަރާމާތުކުރުމަށް 8.10 މިލިއަން ރުފިޔާ ހަރަދުވާނެ
އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމަށް 995،385.12 ރުފިޔާ ހަރަދުވާނެ
މި ދެ މަޝްރޫއު ކުރިއަށް ގެންދަނީ އެޗްޑީސީ އިން

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ ހުޅުމާލެ ސެންޓްރަލް ޕާކާއި، އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމުގެ މަޝްރޫއު އިފްތިތާހްކޮށްފިއެވެ.

މި ޕްރޮޖެކްޓްތައް ފެށުމަށް ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

ވަރޗުއަލް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ 9.989 މިލިއަން ދިވެހި ރުފިޔާގެ މި ޕްރޮޖެކްޓްތަކުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހިންގާ މި ދެ މަޝްރޫއަށް ފައިސާ ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރު މާޗް މަހު ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ.

އެގޮތުން ސެންޓްރަލް ޕާކު މަރާމާތުކުރުމަށް 8.10 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި މި މަރާމާތުގެ މަސައްކަތުގެ ތެރޭގައި ހިނގާ ޕާތުވޭތައް ހެދުމާއި، ލައިޓިންގެ ބައެއް މަސައްކަތް އަދި އިށީންނާނެ ތަންތަން ހެދުން ހިމެނޭނެކަމަށް ފޮރިން މިނިސްޓްރީއިން ފާހަގަކުރެއެވެ. ބައިސްކަލް ދުއްވާނެ ލޭނެއްވެސް ޕާކް ތެރެއިން ހެދޭނެކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމަށް 995،385.12 ރުފިޔާ ހަރަދުވާނެ އެވެ.

- ކޮމެންޓް