ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 11:47
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ ޚަރަދު
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ ހަފްތާގައި ކުރި ޚަރަދު އޭގެކުރީ ހަފްތާއާ އަޅާބަލާއިރު 0.6 އިންސައްތަ އިތުރު
އޮގަސްޓް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ކޮށްފައިވާ ހޭދައަކީ 1.147 ބިލިއަން ރުފިޔާ
އިގްތިޞާދީ ގޮތުން އެކިއެކި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކޮށްފައިވާ ހޭދަ އުޅެނީ 900 މިލިއަން ރުފިޔާގައި

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ ހަފްތާ ކުރި ޚަރަދު އޭގެކުރީ ހަފްތާ އާ އަޅާބަލާއިރު 0.6 އިންސައްތަ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އޮގަސްޓް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ކޮށްފައިވާ ހޭދައަކީ 1.147 ބިލިއަން ރުފިޔާއެވެ. އޭގެ ކުރީ ހަފްތާ އެ އަދަދު ހުރީ 1.114 ބިލިއަން ރުފިޔާގައެވެ. 1.114 ބިލިއަން ރުފިޔާގެ ތެރެއިން 548.5 މިލިއަން ރުފިޔާ އަކީ ޕާރޗޭސް އޯޑަރުތަކެވެ. އަދި ފައިސާ ނުދައްކާ ހުރި އިންވޮއިސްގެ ގޮތުގައި 43.1 މިލިއަން ރުފިޔާ ހުރިއިރު މިހާތަނަށް އައިއިރު ކޮވިޑް-19 އަށް ކޮށްފައިވާ ހޭދައަށް ފައިސާ ދައްކާފައިވާ އަދަދަކީ 556.2 މިލިއަން ރުފިޔާ އެވެ.

މީގެއިތުރުން އޮގަސްޓް މަހުގެ 20 ވަނަ ދުވަހާ ހަމައަށް އިގްތިޞާދީ ގޮތުން އެކިއެކި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކޮށްފައިވާ ހޭދައުޅެނީ 900 މިލިއަން ރުފިޔާއެވެ. މީގެތެރެއިން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ މިންވަރު ފާއިތުވި ހަފްތާގައި ވަނީ 11.7 އިންސައްތަ އޭގެކުރީ ހަފްތާ އަޅާބަލާއިރު އިތުރުވެފައެވެ.

މިހާތަނަށް ޚަރަދުތައް ކޮށްފައިވަނީ:

  • ޑިޒާޒްޓާ މެނޭޖުމަންޓް އޮތޯރިޓީގެ ބަޖެޓުން : 725.6 މިލިއަން ރުފިޔާ
  • ހެލްތު މިނިސްޓްރީގެ ބަޖެޓުން: 169.5 މިލިއަން ރުފިޔާ
  • އައިޖީއެމްއެޗްގެ ބަޖެޓުން: 69.3 މިލިއަން ރުފިޔާ
  • ޕްލޭނިން މިނިސްޓްރީގެ ބަޖެޓުން: 37.3 މިލިއަން ރުފިޔާ
  • އެމްއެންޑީއެފްގެ ބަޖެޓުން: 13.7 މިލިއަން ރުފިޔާ
  • އެންސްޕާގެ ބަޖެޓުން: 4.8 މިލިއަން ރުފިޔާ
  • ފޮރިން މިނިސްޓްރީގެ ބަޖެޓުން: 6.9 މިލިއަން ރުފިޔާ
  • ޖެންޑާ މިނިސްޓްރީގެ ބަޖެޓުން: 2 މިލިއަން ރުފިޔާ
  • ފުލުހުންގެ ބަޖެޓުން: 2.1 މިލިއަން ރުފިޔާ
  • ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުން: 3.1 މިލިއަން ރުފިޔާ
  • އިމިގްރޭޝަންގެ ބަޖެޓުން: 0.8 މިލިއަން ރުފިޔާ
  • ނެޝެނަލް ޑްރަގް އެޖެންސީގެ ބަޖެޓުން: 0.4 މިލިއަން ރުފިޔާ
  • ޑިޒާޒްޓާ މެނޭޖުމަންޓް ފަންޑުން: 84.1 މިލިއަން ރުފިޔާ
  • ޓޫރިޒަމް އެކްޓިވިޓީ އިމްޕްލިމެންޓިން ފަންޑުން: 28.2 މިލިއަން ރުފިޔާ

މިހާތަނަށް ޚަރަދުކޮށްފައިވާ ދާއިރާތަކަކީ:

  1. ޕީޕީއީ އަދި ޓެސްޓް ކިޓާއި އެ ނޫން ވެސް ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ ތަކެތި ގަތުމަށް: 514.6 މިލިއަން ރުފިޔާ
  2. ވެންޓިލޭޓަރާއި ހޮސްޕިޓަލް އެނދު ފަދަ ތަކެތި ގަތުމަށް: 197.4 މިލިއަން ރުފިޔާ
  3. އަސާސީ ކާނާގެ ބާވަތްތައް ގަތުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް: 116.3 މިލިއަން ރުފިޔާ
  4. އާންމު ހަރަދުތައް: 117.3 މިލިއަން ރުފިޔާ
  5. އެހެނިހެން ސާމާނު ހޯދުމަށް: 79.3 މިލިއަން ރުފިޔާ
  6. އައިސޮލޭޝަން އަދި ކަރަންޓީން ފެސިލިޓީތައް ހެދުމަށް: 68.1 މިލިއަން ރުފިޔާ
  7. ދަތުރުފަތުރަށް: 20.4 މިލިއަން ރުފިޔާ
  8. މަރާމާތާއި މެއިންޓެނަންސަށް: 19.1 މިލިއަން ރުފިޔާ
  9. މުވައްޒަފުންގެ އެލަވަންސް: 13.4 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން އަންނަނީ ކޮވިޑް-19 އަށް ކުރެވޭ ހަރަދުތަކުގެ ތަފްސީލް ހަފްތާއަކު އެއްފަހަރު އާންމު ކުރަމުންނެވެ. ފާއިތުވި ހަފްތާ އޭގެކުރީ ހަފްތާ އަޅާބަލާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އައިޖީއެމްއެޗަށެވެ. އޭގެކުރީ ހަފްތާ އާ އަޅާބަލާއިރު އައިޖީއެމްއެޗަށް ވަނީ 5.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

މި ޚަރަދުތަކަކީ ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންކުރާ ތަކެތި ކަމުގައިވާ އެންނައިންޓީފައިވް މާސްކު ފަދަ ތަކެތި ގަތުމަށެވެ.

- ކޮމެންޓް