ކ. މާލެ
|
24 އޯގަސްޓް 2020 | ހޯމަ 17:02
މުހައްމަދު އިބްރާހީމް އާއި އަލީ ރަޝީދު
މުހައްމަދު އިބްރާހީމް އާއި އަލީ ރަޝީދު
ރާއްޖެއެމްވީ
ސުޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަނުކުރުން
އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ކޮމިޓީން ރުހުން ދީފި
ދެބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު
ދެބޭފުޅުންގެ ނަންފުޅު ކޮމިޓީއަށް ފޮނުވާފައިވަނީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގަ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން އާއި ޑރ. މުހައްމަދު އިބްރާހީމް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރުހުންދީފިއެވެ.

ސުޕްރީމް ކޯޓަށް މި ދެބޭފުޅުން އައްޔަނުކުރުމާއި ގުޅޭ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވަނީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައެވެ.

މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްވެގެން ދިޔައީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު, ގާޒީ އަލީ ރަޝީދު ހުސެއިން އާއި ޑރ. މުހައްމަދު އިބްރާހީމްގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

ގާޒީ އަލީ ރަޝީދަކީ ކުރިމިނަލް ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީއެވެ. ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމުމާއި ގުޅިގެންނެވެ.

ސުުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު ދެ ފަނޑިޔާރުންގެ ގޮނޑި ހުސްވެފައިވުމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މި އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުއާއެކު ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދުއެވެ.

- ކޮމެންޓް