ކ. މާލެ
|
23 އޯގަސްޓް 2020 | އާދީއްތަ 12:41
ފުބް ކޯޓުގައި ހިންގަމުންދާ ރެސްޓޯރެންޓެއް، ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ރޭމްއިން ބުނޭ
ފުބް ކޯޓުގައި ހިންގަމުންދާ ރެސްޓޯރެންޓެއް، ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ރޭމްއިން ބުނޭ
ރާއްޖެއެމްވީ
ކެފޭ ރެސްޓޯރެންޓްތަކަށް ވަމުންދާ ގެއްލުން
ކޮވިޑް-19ގެ މި ހާލަތުގައި ގިނަ ރެސްޓޯރެންޓް, ކެފޭ އަދި ހޮޓާތައް ހުރީ ބަނގުރޫޓުވާ ހިސާބުގައި: ރޭމް
ރެސްޓޯރެންޓްތައް ބަންދުކުރާ ގަޑި ފަސްކޮށް ދިނުމަށް އެދިފައިވޭ
ޑެލިވަރީ ކުރެވޭ ގަޑި އިތުރުކޮށް ދިނުމަށް ވެސް ވަނީ އެދިފައި
ބައެއް ރެސްޓޯރެންޓްތައް ވަނީ ބަންދު ކުރާ ހިސާބަށް ގޮސްފައި

ކޮވިޑް-19ގެ މިހާލަތުގައި ގިނަ ރެސްޓޯރެންޓް, ކެފޭ އަދި ހޮޓާ މިހާރު ވަނީ ބަނގުރޫޓުވާން ކައިރިވެ އަނެއްބައި ތަންތަން ބަންދު ކުރާ ހިސާބުގައި ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ބުނެފި އެވެ.

ރޭމްއިން ބުނީ ކޮވިޑް-19ގެ މި ހާލަތާ ގުޅިގެން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާ ބަޔަކީ ރެސްޓޯރެންޓް, ކެފޭ އަދި ހޮޓާތައް ހިންގާ މީހުންނަށް ކަމަށެވެ. އެމީހުންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް ރޭމްގެ މެމްބަރުން ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ބައްދަަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށް ރޭމްއިން ބުނެއެވެ.

އެގޮތުން ކެފޭ، ރެސްޓޯރެންޓްތައް ބަންދުކުރާ ގަޑި ފަސް ކޮށްދިނުމަށާއި ޑެލިވަރީ ކުރެވޭ ގަޑި އިތުރު ކޮށްދިނުމަށާއި އެޗްޕީއޭގެ މިންގަނޑުތަކާއި މި ސިނާއަތަށް ކުރިމަތިވެފައިވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ރޭމްއިން ބުނެއެވެ.

މީގެ އިތުރުން ރޭމްއިން ބުނީ ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރި ނުކުރެވި ތިބުމަށް ފަހު ކެފޭ، ރެސްޓޯރެންޓްތައް ހުޅުވުނު އިރު ވިޔަފާރި ކުރަން ލިބެނީ ކުޑަ ވަގުތުކޮޅަކަށް ވުމާއެކު މިހާރަށްވުރެ ބަންދު ކުރާ ގަޑި ލަސްކޮށްދޭތޯ އެދިފައިވާނެ ކަމަށެވެ.

ރޭމްއިން ބުނީ ކޮވިޑްގެ މި ހާލަތުގައި ރެސްޓޯރެންޓް،ކެފޭ އަދި ހޮޓާ ފަދަ ރެޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ގިނަ ތަންތަން މިހާރު ވަނީ ބަނގުރޫޓުވާން ކައިރިވެ އަނެއްބައި ތަންތަން ބަންދުވެސް ކުރާ ހިސާބުގައި ކަމަށެވެ.

އެހެންކަމުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ރޭމްއިން ބުނެފައިވެއެވެ.

- ކޮމެންޓް