ކ. މާލެ
|
23 އޯގަސްޓް 2020 | އާދީއްތަ 04:26
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ކޮވިޑް-19 އަށް ޕޮޒިޓިވްވި 10 މީހަކު އައިސީޔޫގައި، 5 މީހަކު ވެންޓިލޭޓަރުގައި
މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 169 މީހަކަށް ފަރުވާދެމުންދޭ
އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1419 މީހުން

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 10 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެތެރެއިން 5 މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރަށް ލައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޮކްޓަރ، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 169 މީހަކަށް ފަރުވާދެމުން އަންނަ ކަމަށެވެ. މިވަގުތު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1419 މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން ބަލިން ރަނގަޅުވެފައި ވާ މީހުންގެ އަދަދު ވަނީ 4113ށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން 6660 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި 26 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. އެއީ 20 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.

- ކޮމެންޓް