މާލެއިން ފުރައިގެން ނ. ވެލިދޫއަށް އައި ބޯޓެއްގައި ބަލައިފާސްކޮށް ފުލުހުން މަސްތުވާތަކެތި ހޯދައިފިއެވެ.
ފުލުހުން ބުނީ، މާލެއިން ފުރައިގެން ވެލިދޫއަށް ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބޯޓު ބަލައިފާސްކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި ބޯޓު ވެލިދޫއަށް ބަނދަރުކުރުމުންކަމަށާއި އެގޮތުން ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.
އެތަކެތި ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިވާއިރު މިހާތަނަށް މި މައްސަލައާއި ގުޅިގެން އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.