ކ. މާލެ
|
21 އޯގަސްޓް 2020 | ހުކުރު 22:29
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ކޮވިޑް-19 އެންމެ ފަހުގެ މައުލޫމާތު
ރެކޯޑް އަދަދަކަށް ދިވެހިން ޕޮޒިޓިވްވެ، މިއަދު ވެސް 194 ކޭސް
167 ދިވެހިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި
ރާއްޖެއިން ކޮވިޑް -19 އަށް ޕޮޒިޓިވް ވެފައިވަނީ 6564 މީހުން
މަރުވި މީހުންގެ އަދަދު ވަނީ 26ށް އަރާފައި

ކޮވިޑް-19 އަށް އިތުރު 194 މީހުން ޕޮޒިޓިވް ވެެއްޖެއެވެ.

ހެލްތް ޕްރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓްގައި ހާމަކޮށްފައިވާ ގޮތުން 167 ދިވެހިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ދިވެހިން ޕޮޒިޓްވި ދުވަހެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ބަންގްލަދޭޝްގެ 16 މީހަކު، އިންޑިއާގެ 07 މީހަކު، ލަންކާ، ނޭޕާލް، ތައިލެންޑް އަދި އިޓަލީން ކޮންމެ ގައުމަކުން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް -19 އަށް ޕޮޒިޓިވް ވެފައިވަނީ 6564 މީހެކެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 4012ށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 26ށް އަރާފައެވެ.

- ކޮމެންޓް