ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.
އާންމު ވެފައިވާ އޯޑިއޯ ކްލިޕްގައި ޖާބިރު ވިދާޅުވެފައިވަނީ ޖާބިރު ވިދާޅުވީ މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަންނަ ހޯމަ ދުވަހު އެ މައްސަލަ ވައްދާނެ ކަމަށެވެ. އަދި މައްސަލަ ވެއްދުމަށްޓަކައި 11 މެންބަރުންގެ ވޯޓު ހަމަވެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޝާހިދު އަކީ ވަރަށް ގާތް ބޭފުޅެއް ކަމަށާއި މިފަދަ ބޮޑު ކަންތައްތަކެއް ހިނގުމުގެ ކުރިން ދަންނަވާލަން ޖެހެނެތާ. ޝާހިދަށްތާ އެނގިވަޑައިގަންނަވާނީ ޝާހިދު ތި މަޤާމަށް އައީ ސީދާ ބޮލުން ކަން. އެހެން މީހުންވެސް ސީދާ ބޮލުން ކުޅޭނީ. މަނިކުފާނަށް އެނގިވަޑައިގަންނަވާނެ އަބްދުﷲ ޖާބިރު މިހިރީ، މިރާއްޖޭގެ ވެރިކަން ގެނައީ ސިއްކައެއް ނޫން، ސިއްކަ ފިލާ އިނދެގެން ރާއްޖޭގެ ވެރިކަން ކުރާ އުސޫލަކު ވެސް ނޯންނާނެ.އާންމު ވެފައިވާ އޯޑިއޯގައި ޖާބިރު ވިދާޅުވި
ޖާބިރު ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދަނީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ނޫން ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދު މޮރިޝަސް އަށް ކުރެއްވި ދަތުރުގެ ތަފްސީލް ވެސް ހޯއްދަވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުމެންގެ ބާރު އޮންނާނެތޭ މަޖިލީސް ތެރޭ. އަޅުގަނޑަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރެއް. މިހާރު ވެރިކަމަށް މި އަންނަނީ އަޅުގަނދު. އަޅުގަނޑު މި ދަންނަވާލީ އެވާހަކަ.މަލިކު އިންޑިއާއަށް ބިރިޔާނީ އަކަށް ވިއްކާލައިގެން މި ސަރުކާރުން މަލިކު ޑިފެންޑް ކުރުމަށް އަދި ޝާހިދު ފޮރިން މިނިސްޓަރަކަށް ހުންނަވާ ފޯޅަވަހީގެ މައްސަލަ މިނިސްޓަރު އެކަމުގައި ޑިއަގޯ ގާސިއާ މައްސަލައިގައި ދިވެހިރާއްޖެ ޑިފެންޑް ނުކުރި މައްސަލަ އޮންނާނެ. ހަމަ އެއާއި އެކު މޮރިޝަސް އަށް ދިޔަ ގޮތްވެސް ބަލާނަން. އެނގިވަޑައިގަންނަވަންވާނެ އަޅުގަނޑުމެން މިތިބީ އަޅުގަނޑުގެ ރުފިޔާއިން ފޭރިގަންފައި އޮތް ސަރުކާރެއް "ނަހަލާލު" ގޮތެއްގައި މަނިކުފާނައި އިބްރާހިމް މުހައްމަދު ސާލިހު ހުންނަވާތީ އެކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅާލުމުން ދާނީ.އާންމު ވެފައިވާ އޯޑިއޯގައި ޖާބިރު ވިދާޅުވި
މިކަމުގައި މަޖިލީސް ރައީސް ރައީސް މުހައްމަދު ނަޝީދާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި ސިޔާސި ގޮތުން ޖަވާބު ދާރީ ކުރުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.