ކ. މާލެ
|
19 އޯގަސްޓް 2020 | ބުދަ 12:13
ގދ. ތިނަދޫގައި ފުލުހެއްގެ ސައިކަލު ރޯކޮށް، ބޭނުންނުކުރެވޭ ވަރަށް އަނދާފައި
ގދ. ތިނަދޫގައި ފުލުހެއްގެ ސައިކަލު ރޯކޮށް، ބޭނުންނުކުރެވޭ ވަރަށް އަނދާފައި
ޕޮލިސް
ފުލުހުން
ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރު ކޮށްފި
މައްސަލައިގައި ތުހުމަތުގައި ހައްޔަރުކުރީ 26 އަހަރުގެ މިހެއް
މައްސަލައާއި ގުޅުންހުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފައިވޭ
ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލިކަމުގައި ތުހުމަތުގައި ކޯޓު އަމުރެއްގެ ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލުގައި، ފުލުސް މީހާ ދިރިއުޅޭ ގެ ކައިރީ ޕާކިންގ ޒޯންގައި ޕާކްކޮށްފައި ހުއްޓާ ރަށުގެ ހުޅަނގު ފަރާތުގެ އަތިރިމައްޗަށް ގެންގޮސް ރޯކޮށްލާފައިވާ ކަމަށެވެ.

އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ 08:55 ހާއިރު ސައިކަލުގައި ރޯކޮށްލާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާއިރު ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މައްސަލައިގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން މި ހިނގާ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު 26 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޯގަސްޓް މަހުގެ 19 ވަނަ ދުވަހު މައްސަލައާއި ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ 22 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލުމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް