ކ. މާލެ
|
18 އޯގަސްޓް 2020 | އަންގާރަ 15:05
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ރާއްޖެއެމްވީ
އިހަވަންދޫ ބަނދަރު މަޝްރޫއު
އިހަވަންދޫ ބަނދަރުގެ 22 އިންސައްތަ ނިމިއްޖެ، އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމާނަން: އާޒިމް
އަންނަ އަހަރުގެ ފެބްރުއަރީގައި މަސައްކަތް ނިމޭނެ

އިހަވަންދޫ ބަނދަރުގެ 22 އިންސައްތަ ނިމިއްޖެ، އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނީ، 51.72 މިލިއަން ރުފިއާއަށް ހަވާލުކުރެވިފައިވާ ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 22 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށާއި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތުގެ 46 އިންސައްތަ ވަނީ ނިމިފައިވާ ކަމަށެވެ.

މަޝްރޫއާއި ބެހޭ އިތުރު މައުލުމާތު ހިއްސާކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ނިންމާނެ ކަމަށެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގް މިނިސްޓްރީ އާއި އެމްޓީސީސީން ސޮއި ކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ.

އަދި، މި އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު މަސައްކަތް ފަށާފައިވާއިރު އޭނާ ވިދާޅުވި މަސައްކަތް ފުރިހަމަކޮށް ވިހާ ވެސް އަވަހަށް ނިންމާނެ ކަމަށެވެ.

- ކޮމެންޓް