ކ. މާލެ
|
18 އޯގަސްޓް 2020 | އަންގާރަ 00:52
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ރައީސް އޮފީސް
އިންކަމް ސަޕޯޓް އެލަވެންސް
އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 43.6 މިލިއަން ރުފިޔާ ދޫކޮށްފި
5,440 މީހަކަށް އިންކަމް އެލަވެންސް ވަނީ ދޫކޮށްފައި
އެލަވެންސް ދޭ އުސޫލަށް ވަނީ ބަދަލު ގެނެސްފައި

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ އަށް ނުރަނގަޅު އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 43.6 މިލިއަން ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 5,440 މީހަކަށް އިންކަމް ސަޕޯޓް އެލެވެންސް ދޫކޮށްފައިވެ އެވެ. އަދި މިހާތަނަށް ދޫކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދު 43.6 މިލިއަނަށް އަރާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެ އެވެ. މުއާމަލާތްތަކުގެ އަދަދު 10،522 އަރާފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 5000 ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީން ވަނީ އިންކަމް ސަޕޯޓް އެލަވެންސްގެ އުސޫލަށް ބަދަލު ގެނެސްފައެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ޑިސެމްބަރު މަހުގެ ފަހުން ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެސް ލިބޭ ޝަތުރު ހަމަވާ މީހުންނަށް އެލަވެންސް ދޭން ވަނީ ނިންމާފަ އެވެ.

- ކޮމެންޓް
18 އޯގަސްޓް 2020 | އަންގާރަ 01:05
ކޮބާހޭ ފޮލިހުންނާ ސިފައިންނަށް ދޭންޖެހޭ ކޮވިޑު އެލަވަންސު، ބަލާއެއްނު މީ!