ބ. ކުޑަރިކިލުން މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.
އެނގިފައިވާގޮތުގައި ކުޑަރިކިލުން ޕޮޒިޓިވްވެފައިވަނީ 36 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.
އެޗްއީއޯސީން ބުނެފައިވަނީ އޭނާގެ ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން ޓެސްޓު ކުރިއިރުގައި ކަމަށެވެ.
ކޮވިޑަށް މިހާތަނަށް ރާއްޖެއިން 4500ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު 100 ށް ވުރެ ގިނަ މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާހޯދަމުންނެވެ.