ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 200 އެއްހާ މީހުން ކަރަންޓީނު ފެސިލިޓީސްތަކަށް ނުގެންދެވި އެބަތިބި ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ހޯމަ ދުވަހު އެޗްއީއޯސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ހޯމަ ދުވަހުގެ ހަވީރު ހައެއް ޖެހުމާއި ހަމަޔަށް ފެސިލިޓީސްތަކަށް ނުގެންދެވި 200ށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ފެސިލިޓީސްތައް ފުލްވެފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް މިކަން ރަސްމީކޮށް އެއްވެސް ފަރާތްކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޕޮޒިޓިވްވާ ބައެއް މީހުން ގޭގައި ގިނަ އިރުތަކެއް ވަންދެން މަޑުކުރަން ޖެހުމުން އާއްމުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.