ކ. މާލެ
|
5 ޖުލައި 2020 | އާދީއްތަ 04:03
ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް އިންޑިޔާގައި ކުރިޔަށްދަނީ
ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް އިންޑިޔާގައި ކުރިޔަށްދަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
ހޮނިހިރު ދުވަހު އިންޑިޔާގައި ރިކޯޑް އަދަކަށް މީހުންނަށް ކޮވިޑް-19 ޖެހުނު
އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ އިންޑިޔާގެ މަހާރަޝްތްރަ ސްޓޭޓުން
އިންޑިޔާއަކީ ހަތަރު ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމު

ހޮނިހިރު ދުވަހު އިންޑިޔާގައި ރިކޯޑް އަދަދަކަށް މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

އެގޮތުން އެދުވަހު އެކަނި 22،000ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު 442 މީހުން ވައިރަސް ޖެހިގެން މަރުވެފައިވާކަމަށް އެގައުމުން ބުނެއެވެ.

ހޮނިހިރު ދުވަހު އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އެގައުމުގެ ވިޔަފާރީގެ މައި މަރުކަޒީ ސްޓޭޓް ހުންނަ މުމްބާއީ ނިސްބަތްވާ މަހާރަޝްތްރަ ސްޓޭޓްގައެވެ. އެއީ 6364 މީހުންނެވެ. އެ ސްޓޭޓުން 198 މީހުން ވަނީ ހޮނިހިރު ދުވަހު ވައިރަސް ޖެހިގެން މަރުވެފައެވެ.

ދެވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ ތަމަލް ނާޑޫ ސްޓޭޓުންނެވެ. އެ ސްޓޭޓުން ލައްކަ އަކަށްވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.

އިންޑިޔާގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މަރޗް މަސް ނިމެންދަނިކޮށް ވަނީ ލޮކްޑައުންކޮށްފައެވެ. ނަމަވެސް ފާއިތުވި ހަފްތާތަކުގައި ގައުމު ހުޅުވާލާ އިގްތިޞާދީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ވަނީ ދީފައެވެ. އެޕިޑެމޮލޮޖިސްޓުން ވަނީ އިންޑިޔާ ޕީކަށް އަރާފައި އޮތްއޮތުން މަހެއްހާ ދުވަސްވަންދެން ކުރިޔަށްދާނެ ކަމަށް ބުނެފައެވެ.

އިންޑިޔާއަކީ މިވަގުތު ދުނިޔޭގައި ހަތަރުވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގައުމުގައި ވައިރަސް ޖެހިފައިވާ 649,889 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް