ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޝާހު މަހްމޫދް ގުރައިޝީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ގުރައިޝީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުކުރު ދުވަހު މެންދުރެއް ހާއިރު ހުން އައުމުން ވަގުތުން ގޭގައި ކަރަންޓީނުވެފައިވާ ކަމަށެވެ. އަދި މިހާރުވެސް ގޭގައި ހުންނެވިކަމަށާއި އޮފީހުގެ މަސައްކަތްތައް ކުރިޔަށް ގެންދަވާނީ ގޭގައި ހުންނަވައިގެން ކަމަށް ގުރައީޝީ ވިދާޅުވިއެވެ.
ޕާކިސްތާނުގައި މިހާތަނަށް އައިއިރު ކޮވިޑް-19 221،000ށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ. އަދި ވައިރަސް ޖެހިގެން 4500 މީހުން ވަނީ މަރުވެފައެވެ.