ފްރާންސުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އެޑުއާޑް ފިލިއްޕޭ އިސްތިއުފާ ދެއްވައިފިއެވެ.
ފިލިއްޕޭ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ފްރާންސުގެ ރައީސްގެ ގެކޮޅުން ވަނީ ޔަގީންކޮށްދީފައެވެ. ބޮޑުވަޒީރު ފިލިއްޕޭގެ އިސްތިއުފާއާ އެކު ސަރުކާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
އައު ކެބިނެޓެއް އިއުލާން ކުރައްވަންދެން ބޮޑުވަޒީރު ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާނީ ފިލިއްޕޭއެވެ.
ފްރާންސުން ކޮވިޑުގެ ކަންތައްތަކުގައި އަމަލުކުރަމުންދާ ގޮތާއި މެދު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވިޔަސް، ފާއިތުވި ހަފްތާގައި ފްރާންސް ރައްޔިތުންގެ މެދުގައި ފިލިއްޕޭގެ މަގްބޫލުކަން ވަނީ އިތުރުވެފައެވެ.