ކ. މާލެ
|
3 ޖުލައި 2020 | ހުކުރު 12:01
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ
ފޮރިން ޕޮލިސީ
ކޮވިޑް ޖެހުނު މީހުންގެ އަދަދު 11 މިލިއަނަށް
މުޅި ދުނިޔެއިން 11 މިލިއަން މީހުންނަށް ކޮވިޑް ޖެހި 6 މިލިއަން މީހުން ރަނގަޅުވެއްޖެ
މިހާތަނަށް ވައިރަސް ޖެހިގެން 5،24176 މީހަކު ވަނީ މަރުވެފައި
އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާއިން
އެމެރިކާއިން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 131485ށް އަރާފައި

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 11 މިލިއަނަށް އަރައިފިއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް މުޅި ދުނިޔެއިން 11 މިލިއަން މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް ވައިރަސް ޖެހިގެން 524176 މީހަކު ވަނީ މަރުވެފައެވެ. އަދި މިހާތަނަށް ބަލިން ފަސޭހަވެފައިވާ މީހުންގެ އަދަދު ވަނީ 6 ލައްކަ އަށް އަރާފައެވެ.

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައި ވަނީ ވެސް އަދި މަރުވެފައި ވަނީ ވެސް އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 2 މިލިއަނަށް އަރާފައިވާއިރު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 131485ށް ވަނީ އަރާފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައި ވަނީ ބްރެޒިލްއިންނެވެ. ބްރެޒިލްއިން މިހާތަނަށް 1 މިލިއަނަށް ވުރެ ގިނަމީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 61990 އަށް އަރާފައެވެ. ކޮވިޑް-19 ޖެހިގެން ދެވަނައަށް އެންމެ ގިނަމީހުން މަރުވެފައިވަނީވެސް ބްރެޒިލްއިންނެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސް ރިޕޯޓް ކުރެވުނު ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ބްރެޒިލް، ރަޝިޔާ، އިންޑިއާ، ސްޕެއިން، ޕެރޫ އަދި ޗިލީ ހިމެނެއެވެ.

- ކޮމެންޓް