ކ. މާލެ
|
30 ޖޫން 2020 | އަންގާރަ 14:49
ލުފްތަންސާގެ ފްލައިޓެއް ބަރލިންގެ އެއަރޕޯޓަކުން ނައްޓާލަނީ
ލުފްތަންސާގެ ފްލައިޓެއް ބަރލިންގެ އެއަރޕޯޓަކުން ނައްޓާލަނީ
ޒިންހުއާ
ޗައިނާއަށް ފްލައިޓުތައް އަލުން ފެށުން
ވައިގެ ދަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ޗައިނާއިން ލުއި ދިނުމާއެކު ބައިނަލްއަގްވާމީ ފްލައިޓުތައް ފަށަނީ
ޗައިނާއިން ވަނީ ޖޫންމަހުގެ ކުރީކޮޅު ވައިގެދަތުރުތަކަށް ލުއިތައް ދޭންފަށާފައި
ބުދަ ދުވަހު ޖަރމަނުވިލާތުގެ ލުފްތަންސާއިން ވަނީ ފްރެންކްފަރޓް އާއި ޝަންހާއީ އާ ދެމެދު ދަތުރުތައް ފަށާފައި
މިވަގުތު ބައިނަލްއަގްވާމީ ކޮންމެ އެއަރލައިނަކަށްވެސް ޗައިނާއަށް ހަފްތާއަކު އެއް ފްލައިޓް ބޭއްވޭނެ

ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭގޮތުން އެޅި ފިޔަވަޅުތަކަށް ލުއިތައް ދިނުމާއެކު ބައިނަލްއަގްވާމީ އެއަރލައިންތަކުން ޗައިނާއަށް ފްލައިޓުތައް އަލުން ފަށައިފިއެވެ.

ބުދަ ދުވަހު ޖަރުމަންވިލާތުގެ ލުފްތަންސާއިން ވަނީ ފްރެންކްފަރޓް އާއި ޝަންހާއީ އާ ދެމެދު ދަތުރުތައް ވަނީ ފަށާފައެވެ. މި ދަތުރުތައް ހަފްތާއަކު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކުރިޔަށް އޮތް ހަފްތާތަކުގައި އޮސްޓްރޭލިއާ އަދި ސްވިޒެލެންޑުން ވެސް ޗައިނާ އަށް ދަތުރު ކުރަން ފަށާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކޮވިޑް-19 ފެތުރުން ޗައިނާގެ ތެރޭގައި ކޮންޓްރޯލުވުމާއެކު ޗައިނާއިން ވަނީ ޖޫން މަހުގެ ކުރީކޮޅު ވައިގެ ދަތުރުތަކަށް ލުއިތައް ދޭން ފަށާފައެވެ. އެގޮތުން ކޮންމެ އެއަރލައިނަކަށް ހަފްތާއަކު އެއް ދަތުރު ކުރުމުގެ ފުރުސަތު ޗައިނާ އިން ވަނީ ދީފައެވެ.

މިވަގުތު ބައިނަލްއަގްވާމީ ކޮންމެ އެއަރލައިނަކަށް ވެސް ހަފްތާއަކު އެއް ފްލައިޓް ޗައިނާއަށް ބޭއްވޭނެއެވެ. އަދި އެމެރިކާގެ އެއަރލައިނެއްނަމަ ހަފްތާއަކު ދެ ފްލައިޓް ޗައިނާއަށް ބޭއްވޭނެއެވެ. ނަމަވެސް އެއީ އެ ފްލައިޓުތަކުން އަންނަ މީހުންގެ ފުށުން ކޮވިޑް-19 ފެންނަ މިންވަރު ގިނަ ނޫންނަމައެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ އެއަރލައިނެއް ކަމަށްވާ ޑެލްޓަރ އެއަރލައިން އިން ވަނީ ޝަންހާއީ އަށް ހަފްތާއަކު ދެ ދުވަހު ފްލައިޓުތައް ދަތުރުކުރަން ފަށާފައެވެ. އަދި ޖުލައި މަހުގެ 8 ވަނަ ދުވަހު ޔުނައިޓެޑް އެއަރލައިން އިން ވެސް ޝަންހާއީ އަށް ދަތުރުތައް ފެށުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް