ކ. މާލެ
|
30 ޖޫން 2020 | އަންގާރަ 06:52
ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލުމުގައި ސިއްހީ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ
ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލުމުގައި ސިއްހީ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ
ޕްލެޓަފޯރމާ
ކޮވިޑް-19 ގައި މަރުވާ މީހުން
ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު ބައި މިލިއަނަށް
އެންމެ ގިނަ މީހުން މަރުވީ އެމެރިކާއިން
ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 10 މިލިއަނަށް ވުރެ މަތީގައި
އެމެރިކާގައި އެންމެ ގިނަ މީހުން މަރުވީ ނިއުޔޯކްގައި

ދުނިޔޭގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ބައި މިލިއަނަށް އަރައިފިއެވެ.

ޖޯން ހޮޕްކިން ޔުނިވަސިޓީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މަރުވި މީހުންގެ އަދަދު ވަނީ 502،947ށް އަރާފައެވެ. އަދި ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 10 މިލިއަނަށް ވުރެ މަތީގައެވެ.

ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ މިހާރު ވެސް ބަލި އެންމެ ބޮޑަށް ފެތުރެމުންދާ އެމެރިކާގައެވެ. އެމެރިކާގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 125،928 ގައެވެ. މީގެ ތެރެއިންވެސް އެންމެ ގިނަ މީހުން މަރުވީ ނިއުޔޯކް އަދި ނިއު ޖަރޒީގައެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން މަރުވި ބްރެޒިލްގެ އަދަދުތައް އުޅެނީ 57،622 ގައެވެ.

ތިންވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިނގިރޭސިވިލާތުގައެވެ. އެ ގައުމުގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 43،659 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެެވެ. ހަތަރު ވަނައިގައި 34،744 މީހުންނާއެކު އިޓަލީ އޮތްއިރު ފަސް ވަނަ އަށް އެންމެ ގިނައިން މީހުން މަރުވި ފްރާންސުގެ އަދަދުތައް އުޅެނީ 29،781 ގައެވެ.

ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ގިނަވި ނަމަވެސް ހުރިހާ ގައުމަކުން ވެސް ވަނީ ކޮވިޑާ ގުޅިގެން އެ ގައުމުގައި އެޅި ފިޔަވަޅުތަކަށް ލުއިތަކެއްދީ، ނިއު ނޯމާލް އަށް ތައްޔަރުވަމުންނެވެ. ކުރިޔަށް އޮތް ތާނގައި ރިޕޯޓް ކުރެވޭ ކޭސްތަކުގެ އަދަދު އިތުރުވެގެންދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ދީފައެވެ.

- ކޮމެންޓް