ކ. މާލެ
|
27 ޖޫން 2020 | ހޮނިހިރު 09:12
އިންޑިއާގެ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން މަގުތަކުގައި ހަރަކާތްތެރިވަނީ
އިންޑިއާގެ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން މަގުތަކުގައި ހަރަކާތްތެރިވަނީ
ރޮއިޓަރސް
ކޮވިޑް-19، އިންޑިއާ
އިންޑިއާގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ބައި މިލިއަނަށް ވުރެ މައްޗަށް
އަންގާރަ ދުވަހު ވަނީ 18,276 މީހުން ޕޮޒިޓިވްވެފަ
އެގައުމުން ވައިރަސް ޖެހިގެން 15,689 މީހުން ވަނީ މަރުވެފަ

އިންޑިއާގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ބައި މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު އިންޑިއާއިން މި ވައިރަހަށް އަންގާރަ ދުވަހު ވަނީ 18,276 (އަށާރަހާސް ދުއިސައްތަ ހަތްދިހަ ހައެއް) މީހުން ޕޮޒިޓިވްވެފައެވެ. މިއާއިއެކު އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 509,446 (ފަސް ލައްކަ ނުވަހާސް ހަތަރު ސަތޭކަ ސާޅީސް ހައެއް) އަރާފައެވެ.

އެގައުމުން ވައިރަސް ޖެހިގެން 15,689 (ފަނަރަހާސް ހަ ސަތޭކަ އަށްޑިހަ ނުވައެއް) މީހުން ވަނީ މަރުވެފައެވެ. އަދި295,917(ދެ ލައްކަ ނުވަދިހަ ފަސްހާސް ނުވަސަތޭކަ ސަތާރަ) މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

'ވަރލް އޯ މީޓަރ' ވެބްސައިޓުގައި ވާގޮތުން މިހާރު އިންޑިއާގައި ވައިރަހަށް ފަރުވާ ހޯދަމުންދަނީ 197,840 (އެއްލައްކަ ނުވަދިހަ ހަތްހާސް އަށް ސަތޭކަ ސާޅީސް) މީހުންނެވެ.

- ކޮމެންޓް