ކ. މާލެ
|
26 ޖޫން 2020 | ހުކުރު 18:04
ކޮރޯނާ ވައިރަސް އިން ރައްކާތެރި ވުމަށް މާސްކް އާއި ޝީލްޑް އަޅައިގެން
ކޮރޯނާ ވައިރަސް އިން ރައްކާތެރި ވުމަށް މާސްކް އާއި ޝީލްޑް އަޅައިގެން
ޔޫސުފް ސޮފްވާން ރަޝީދު
ކޮރޯނާ ވައިރަސް
އަވިން ކޮރޯނާވައިރަސް ހަލާކުވާކަން އެނގިއްޖެ
ވޮޝިންގޓަން ޑީސީގައި ހޫނު މޫސުމުގައި އަވީގެ ސަބަބުން ވައިރަސް ހަލާކުވާނީ 21 މިނެޓުން
ޕެރިހުގައި 28 މިނެޓުން ވައިރަސް ހަލާކުވޭ
އިންޑިއާގެ މުމްބާއީގައި 11 މިނެޓުގެ ތެރޭގައި އަވިން ވައިރަސް ހަލާކުވޭ

މެންދުރުގެ އަވިން ކޮރޯނާވައިރަސް ހަލާކުވާކަން ދިރާސާއިން ހާމަވެއްޖެއެވެ.

ސައިންޓިފިކް ދިރާސާތައް ޝާއިއުކުރާ މަޝްހޫރު މަޖައްލާއެއް ކަމަށްވާ ފޮޓޯކެމިސްޓްރީ އެންޑް ފޮޓޯބަޔޮލޮޖީ ގައި ޖޫން މަހު ޝާއިއު ކޮށްފައިވާ ދިރާސާ އެއްގައި ބުނެފައިވަނީ، މެންދުރުގެ އަވީގައި ޖެހޭތާ 11 މިނެޓާއި 34 މިނެޓާ ދެމެދުގެ ވަގުތެއްގެ ތެރޭގައި 90 އިންސައްތަ ނުވަތަ އެއަށް ވުރެ މަތީ މިންވަރަކަށް ކޮރޯނާވައިރަސް ހަލާކުވެގެން ދާކަމުގައެވެ.

ދިރާސާގައި ބުނެފައިވަނީ، އަވީގެ ސަބަބުން ވައިރަސް ހަލާކުވުމަށް މެދުވެރިވަނީ އަވީގައި ހުންނަ އަލްޓްރާވައިލެޓް ދޯދީގެ ސަބަބުން ކަމުގައެވެ.

އަވީގެ ސަބަބުން ކޮރޯނާވައިރަސް ހަލާކުވުމަށް މަގުފަހިވާކަން ދިރާސާއިން ހާމަ ވުމުން، ބަލި ކޮންޓްރޯލް ކުރުމަށް މީހުން ތަންތަނުގައި ބަންދުކޮށްފައި ބޭއްތިއްބުމީ މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތްތޯ މި ދިރާސާގައި ބައިވެރިވި ސައިންސްވެރިން ވަނީ ސުވާލު އުފައްދާފައެވެ.

ދިރާސާއިން ހާމަވާ ގޮތުގައި ބަންދުވެފައި ތަންތަނަށް ވުރެ އަވިލިބޭ ހުޅުވިފައިވާ މާހައުލުތަކުގައި ވައިރަސްގެ އަސަރު ކުރުން މާ ބޮޑުތަނުންވެސް ކުޑަވެގެން ދާނެއެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކަށް އަވިދޭ ނިސްބަތަށް ބަލައި، އެކި ސިޓީތަކުގައި އަވިން ކޮރޯނާ ވައިރަސް ހަލާކުވާނެ އަންދާސީ ވަގުތުވެސް މި ދިރާސާގައި ދެނެގަނެފައިވެއެވެ. މިގޮތުން، އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހޫނު މޫސުމުގައި އަވީގެ ސަބަބުން ވައިރަސް ހަލާކުވާނީ 21 މިނެޓުން ކަމަށް ލަފާކޮށްފައިވާއިރު، މެދުތެރޭ އެމެރިކާގެ މެކްސިކޯ ސިޓީގައި ވައިރަސް ހަލާކުވަނީ 11 މިނެޓުންނެވެ. އަނެއްކޮޅުން، ޔޫރަޕަށް ބަލާއިރު، ޕެރިހުގައި 28 މިނެޓް، ލަންޑަނުގައި 30 މިނެޓްގެ ތެރޭގައި ވައިރަސް ހަލާކުވާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. މެދު އިރުމައްޗަށް ބަލާއިރު، އިރާގުގެ ބަޣްދާދުގައި 18 މިނެޓް، އިސްތަންބޫލްގައި 22 މިނެޓްގެ ތެރޭގައި ވައިރަސް ހަލާކުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން، އޭޝިއާ ސަރަހައްދަށް ބަލާއިރު، އިންޑިއާގެ މުމްބާއީގައި 11 މިނެޓް، ޓޯކިޔޯގައި 20 މިނެޓް އަދި ޗައިނާގެ ޝަންހާއީގައި 16 މިނެޓްގެ ތެރޭގައި އަވިން ވައިރަސް ހަލާކުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

- ކޮމެންޓް
27 ޖޫން 2020 | ހޮނިހިރު 12:03
ކދރފތމ
ތިކަން އިގޭ ގިނަމީހުނަށް، ވައިރަސް ޖެހިފަހުންނަމީހާ އަވީގައި ގަޑިއެއް ހާއިރު ހުރުމުން އެމީހާގައިން ބަލިއެއްކޮށްފިލައިގެން ދޭތޯ.
27 ޖޫން 2020 | ހޮނިހިރު 00:55
އަލީ1
އެންމެން ތެޔޮލައިގެން އަވީގަތިބޭ
26 ޖޫން 2020 | ހުކުރު 18:51
ޙާނިމް
މާކުރިންއަހރުންނަށް އިނގޭ މަޢުލޫމާތުގެ ގޮތުން ހާދަ ފަ ހަތުގައޭދޯ ތިޔަ އުޅެނީ