ކ. މާލެ
|
25 ޖޫން 2020 | ބުރާސްފަތި 07:16
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، 2020 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު އަންދާޒާ ކުރި ވަރަށްވުރެ ބޮޑު އަސަރެއް އިގްތިސާދަށް ކޮށްފައިވޭ
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، 2020 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު އަންދާޒާ ކުރި ވަރަށްވުރެ ބޮޑު އަސަރެއް އިގްތިސާދަށް ކޮށްފައިވޭ
ރޮއިޓަރސް
ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލު
2019 ވަނަ އަހަރު އޮތް އިގްތިސާދު އަނބުރާ ގެނައުމަށް ދެއަހަރު ނަގާނެ: އައިއެމްއެފް
ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އިގްތިސާދު ވަނީ ހުއްޓިފައި
12 ޓްރިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއްވާނެ
މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރު ދެވަނަ ވޭވްއެއް އަތުވެއްޖެނަމަ އިގްތިސާދު އެއްވެސް ވަރަކަށް ކުރިއަށް ނާރާނެ

ކޮވިޑް-19ގެ ޕެންޑަމިކްއާ ގުޅިގެން 2019 ވަނަ އަހަރު އޮތް އިގްތިސާދަށް އަނބުރާ ގެނައުމަށް ދެއަހަރު ނަގާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ބުނެފިއެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސާދުތައް ހުއްޓި 12 ޓްރިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއްވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވަނީ ލަފާކޮށްފައެވެ.

އައިއެމްއެފްއާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އިނގިރޭސިވިލާތުގެ އިގްތިސާދުގެ އިތުރުން ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދު 2019 އަހަރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ. އަދި 2020 އަހަރު އިގްތިސާދަށް ކުރިއަރާނެ ކަމަށް ލަފާކުރި ނަމަވެސް ކޮވިޑް-19އާ ގުޅިގެން އިގްތިސާދު އެކީ ވަނީ ހުއްޓިފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

އިގްތިސާދު އަޑިއަޅާލާފައިވާތީ ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ނުލިބި މަޑު ޖެހިފައިވާއިރު 2019 ވަނަ އަހަރުގެ ހާލަތަށް އަނބުރާ އައުމަށް އިތުރު ދެ އަހަރު ނަގާނެ ކަމަށް ވެސް އައިއެމްއެފްއިން ބުނެއެވެ.

މީގެ އިތުރުން އައިއެމްއެފްއިން ބުނީ ކުދި ވިޔަފާރިތައް ނުވަތަ މެދުފަންތީގެ އެކިއެކި ވިޔަފާރިތަކަށް ސަރުކާރުން ދެމުންދާ އެހީ ނުވަތަ ސަބްސިޑީ ކަނޑާލާފިކަމުގައިވާނަމަ އެ ވިޔަފާރިތައް އެކުއެކީގައި ހުއްޓޭނެ ކަމަށެވެ. އަދި އެހީތައް ކަނޑާލުމުގެ ކުރިން ގައުމުތަކުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ.

އައިއެމްއެފްއިން އޭޕްރީލް މަހު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގެ އިގްތިސާދު 4.9 އިންސައްތަ ދަށަށްދާނެއެވެ. ނަމަވެސް މިއަހަރުގެ ކުރީ ކޮޅު ހެދި ދިރާސާއިން ދައްކާ ގޮތުން އިގްތިސާދު ދަށަށް ދާނެ ކަމަށް ލަފާކޮށްފައިވަނީ ތިން އިންސައްތައެވެ.

އައިއެމްއެފްއިން ބުނީ 2020 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އަންދާޒާ ކުރި ވަރަށްވުރެން ބޮޑު އަސަރެއް އިގްތިސާދަށް ކޮށްފައިވާ ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް އިގްތިސާދަށް ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 5.4 އިންސައްތައަށް ކަމަށެވެ. ނަމަވެސް މި އަހަރުގެ ފަހުކޮޅު ނުވަތަ 2021 ވަނަ އަހަރުގެ ކުރީކޮޅު ކޮވިޑް-19ގެ ދެވަނަ ވޭވްއެއް އަތުވެއްޖެނަމަ އިގްތިސާދު އެއްވެސް ވަރަކަށް ކުރި ނާރާނެ ކަމަށް އައިއެމްއެފްއިން ވަނީ ލަފާކޮށްފައެވެ.

- ކޮމެންޓް
26 ޖޫން 2020 | ހުކުރު 12:17
ރަސް
ތި ވާނީ އިބޫގެ ހިންގުމުގެ ދޯ ހަހަޅި ސިޔާސަތުގެ ސަބަބުން ދުނިޔެއަށް ކުރިމަތި ލާން ޖެ ހިފައިވާ ކަމެއްކަމަށް.