ކ. މާލެ
|
23 ޖޫން 2020 | އަންގާރަ 03:55
ދިއްލީގެ މަތީފަންތީގެ ހޮޓަލެއް: 25 ހޮޓާ ބޭނުންކުރަން ނިންމާފައިވާ ކަމަށް މީޑީއާތަކުން ރިޕޯޓްކުރޭ
ދިއްލީގެ މަތީފަންތީގެ ހޮޓަލެއް: 25 ހޮޓާ ބޭނުންކުރަން ނިންމާފައިވާ ކަމަށް މީޑީއާތަކުން ރިޕޯޓްކުރޭ
ރިމޯޓްލޭންޑްސް.ކޮމް
ދިއްލީގެ ކޮވިޑުގެ ހާލަތު
ދިއްލީގައި ކޭސްތަކުގެ އަދަދު އިތުރުވެ، ފަރުވާ ދޭން މަތީ ފަންތީގެ ހޮޓާތައް ބޭނުންކުރަނީ
ކޭސްތަކުގެ އަދަދު ދަނީ އިތުުރުވަމުން
ކުރިޔަށް އޮތް ތަނުގައި ފަރުވާދޭން އެނދުތަކުގެ އަދަދު އިތުުރު ކުރަން ޖެހޭ
33،000 މީހުން ވަނީ ބަލިން ފަސޭހަވެފައި

އިންޑިއާގެ ވެރިރަށް ދިއްލީގައި ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު އިތުރުވެ ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމަށް މަތީ ފަންތީގެ ހޮޓާތައް ބޭނުންކުރަން ނިންމައިފިއެވެ.

އިންޑިއާ ސަަރުކާރާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ހޯމަ ދުވަހުން ފެށިގެން ކޮވިޑަށް ފަރުވާދޭ މަރުކަޒުގެ ގޮތުގައި 25 ހޮޓަލެއް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. ހޮޓަލުތަކުގައި ފަރުވާދޭނީ ބަލި ޖެހޭ މީހުންގެ ތެރެއިން ސީރިއަސް ނޫން މީހުންނަށެވެ.

ނަަމަވެސް ބަލީގައި ބޮޑުވަރުވާ ފަރާތްތަކަށް ފަރުވާދެމުންދާނީ މިހާރުވެސް ފަރުވާދެމުން އަންނަ ގޮތަށް ހޮސްޕިޓަލުގައެވެ. އިންޑިއާއިން ރިޕޯޓް ކުރެވެމުންދާ ކޭސްތަކުގެ އަދަދު އިތުރުވެގެން ދިޔުން ވެގެން ގޮސްފައިވަނީ އެ ގައުމުގެ ސިއްހީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށެވެ. ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ހޮޓާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދަނީ، ބަލި ޖެހޭ މީހުންގެ ކަންތައްތައް ބަލަހައްޓާނެ ގޮތުގެ ތަމްރީނުތަކެއް ދެމުންނެވެ.

ހޮޓާތަކުގައި ހުރިހާ ވަގުތެއްގައި ވެސް ސިއްހީ މާހިރުން ހަރަކާތްތެރިވަމުން ދާނެއެވެ. އޮންނަ ޕްރޮޓޮކޯލްގެ ދަށުން ފަރުވާ ދިނުމަށް ހޮޓަލުގައި ތިބޭ ހުރިހާ އެންމެންވެސް ހަރަކާތްތެރިވާނީ ޕަރސަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) އަޅައިގެންނެވެ. މި ވަގުތު ދިއްލީގައި ހުރީ ކޮވިޑް-19ށް ފަރުވާދޭން 9000 އެނދެވެ. ޖުލައި މަހުގެ ފަހުކޮޅާ ހަމަޔަށް އިތުރު 150،000 އެނދު ބޭނުންވާނެ ކަމަށް ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކޭޖްރިވާލް ވަނީ ވިދާޅުވެފައެވެ.

ދިއްލީގައި ކޮވިޑް-19 ޖެހުނު މީހުންގެ 59000ށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އޭގެ ތެރެއިން 33،000 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް