ކ. މާލެ
|
21 ޖޫން 2020 | އާދީއްތަ 03:26
ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ އެއާޕޯޓް
ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ އެއާޕޯޓް
ޑޯން
ޕާކިސްތާނުގެ ބައިނަލްއަގްވާމީ އުދުހުންތައް
ޕާކިސްތާނުގެ ބައިނަލްއަގްވާމީ އުދުހުންތައް އަލުން ފަށައިފި
ގުވަދަރު އަދި ތަރްބަތް އެއާޕޯޓު ބަންދުވާނެ
ބޭރުގައުމުތަކުގައި ތިބި ދެ ލައްކައެއްހާ ޕާކިސްތާނު މީހުންގެ ވަޒީފާ ވަނީ ގެއްލިފައި
ހުއްދަ ދީފައިވަނީ ރައްކާތެރި ފިޔަވަޅުތަކަށް އަމަލުކުރަން އިލްތިމާސްކުރަމުން

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައިނަލްއަގްވާމީ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ޕާކިސްތާނުގެ ބައިނަލްއަގްވާމީ އުދުހުންތައް އަލުން ފަށައިފިއެވެ.

ޕާކިސްތާނު ސަރުކާރުން ބައިނަލްއަގްވާމީ އުދުހުންތައް އަލުން ފަށަން ހުއްދަ ދިނުމާއި އެކު ހޮނިހިރު ދުވަހު ވައިގެދަތުރުތައް ވަނީ ފަށައިފިއެވެ. ޕާކިސްތަނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ޗާޓަރު ފްލައިޓްތަކަށާއި، ވައިގެ މަގުން ފަސެންޖަރުން އެތެރެވާން ހުއްދަ ދީފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ، އަލުން ހުއްދަ ދޭން ފެށިއަސް ޕާކިސްތާނުގައި ކޮވިޑު ފެތުރޭ ހަލާތަށް ބެލުމަށް ފަހު އިތުރު ފިޔަވަޅުތަކެއް އެޅުން އެކަށީގެންވާ ކަމަށެވެ. ފްލައިޓް ޖައްސާ ގަޑިތަކާއި، ފުރާގަޑިތަކުގައި ސިއްހީ ގޮތުން ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެބަޔާނުގައި ބުނީ، ބަލޮޗިސްތާނުގެ ދެ އެއާޕޯޓް ކަމަށްވާ ގުވަދަރު އަދި ތަރްބަތް އެއާޕޯޓު ބަންދުވާނެ ކަމަށެވެ.

ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް ފަށަން ހުއްދަ ދީފައިމިވަނީ ބޭރުގެ ގައުމުތަކުގައި ތިބި ޕާކިސްތާނުގެ ރައްޔިތުން އަނބުރާ ޕާކިސްތާނަށް ގެންދިޔުމުގައި ދަތިތަކެއް ދިމާވާކަމަށް ބޮޑުވަޒީރުގެ ހާއްސަ މުޝީރު ޒުލްފީ ބުޙާރީ، ވަޒީރުންގެ މަޖިލީހުގައި ވިދާޅުވެފައި ވަނިކޮށެވެ.

ބުޙާރީ ވިދާޅުވީ، ކޮވިޑާއި ގުޅިގެން ބޭރުގެ ގައުމު ތަކުގައި ތިބި ޕާކިސްތާނުގެ ދެ ލައްކައެއްހާ މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް