ކ. މާލެ
|
18 ޖޫން 2020 | ބުރާސްފަތި 09:05
އެމްއޭސީއެލްގެ އައު ސީޕްލޭން ޓަރމިނަލް، ހުޅުލޭގެ ފަޅުން 3.5 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވޭ
އެމްއޭސީއެލްގެ އައު ސީޕްލޭން ޓަރމިނަލް، ހުޅުލޭގެ ފަޅުން 3.5 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވޭ
އެމްއޭސީއެލް
އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތް
އައު ސީޕްލޭން ޓަރމިނަލްގެ %95 މަސައްކަތް ވަނީ ނިމިފައި: އެމްއޭސީއެލް
 
މިމަޝްރޫއަށް ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ހޭދަވާނެ
 
އާ ސީޕްލޭން ޓާމިނަލްގެ އިންޓީރިއާގެ 90 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައި
 
ފޭސް އެކެއްގެ ދަށުން ގާއިމް ކުރާ ޑޮކް ތަކުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކުރާ އައު ސީޕްލޭން ޓަރމިނަލްގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ފޭސް އެކެއްގެ ދަށުން ގާއިމް ކުރާ ޑޮކް ތަކުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ޑޮކްތަކަށް ފިޔުލް ލައިން ގުޅުމުގެ މަސައްކަތް ކުރަމުންދާއިރު، އާ ސީޕްލޭން ޓާމިނަލްގެ އިންޓީރިއާގެ 90 އިންސައްތަ މަސައްކަތްވެސް ވަނީ ނިމިފައެވެ.

އައު ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެއި މަހު އެތަން ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް މީގެ ކުރިން އެމްއޭސީލުން ބުނެފައިވެއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ދުވަސްތަކެއް ފާއިތުވެގެން ދިޔައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކުރާ އައު ސީޕްލޭން ޓަރމިނަލްއަށް ހުޅުލޭގެ ފަޅުން 3.5 ހެކްޓަރުގެ ސަރަހައްދެއް ވަނީ ހިއްކާފައެވެ. ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީން ޓަރމިނަލްގެ މަސައްކަތް ކުރަމުންގެންދާއިރު، މި މަޝްރޫއަށް ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކުރީ މި ޓަރމިނަލުން ސީޕްލޭން ޕާކް ކުރުމަށް 80 އަށް ވުރެ ގިނަ ޑޮކިން ޕްލެޓްފޯމް އަޅާނެއެވެ. އަދި ފްލޯ އޭރިއާ އާއި ލައުންޖާއި ބޯޑިން ގޭޓްތަކަށް ވެސް 50 އިންސައްތަ ޖާގަ އިތުރުވާނެއެވެ. އޭގެ އިތުރުން، ޓާމިނަލްގައި އެރައިވަލް ލޮބީ އާއި ވީއައިޕީގެ ޚިދުމަތްވެސް ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް