އިންޑިއާ އާ ޗައިނާ އިން ބިމެއްގެ ގޮތުގައި ދައުވާކުރާ ހިމަލިއަން ސަރަހައްދު ކައިރީގައި ހިނގި ވަރުގަދަ ކުރިމަތިލުން ތަކެއްގައި އިންޑިއާގެ ތިން ސިފައިންގެ މީހަކު މަރުވެއްޖެއެވެ.
ހިމަލިއަން ސަރަހައްދުގެ ސިފައިންގެ ދެމެދުގައި ބަދަލުކުރެވޭ ހަމަލާތަކުން އެސަރަހައްދުގެ މަސްލަހަތު ގޯސްވެގެން އުޅޭތާ މިހާރު ހަފްތާއެއް ވާން ކައިރިވެފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ހިމަލިއަން ސަރަހައްދުގައި އޮންނަ ލެޑާކްގައި ޗައިނާގެ ސިފައިންނާއި އިންޑިއާ ސިފައިން މެދުގައި ވަނީ ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގާފައެވެ. މިހަމަނުޖެހުންތަކުގައި އިންޑިއާގެ ތިން ސިފައިން މަރުވެފައިވާ ކަމަށެވެ.
ހިމަލިއަން ސަރަހައްދަކީ އަބަދުވެސް ޗައިނާގެ ސިފައިންނާއި، އިންޑިއާގެ ސިފައިން ފޯރިމަރަމުންދާ ސަރަހައްދެކެވެ. މި ހަމަނުޖެހުންތަކުގައި ތިން އިންޑިއާގެ ސިފައިން މަރުވުމާ ގުޅިގެން އެސަރަހައްދުގެ މަސްލަހަތުގެ ގޯސްވެ އެސަރަހައްދަށް އިންޑިއާ އަސްކަރިއްޔާއިން ވެސް އަދި ޗައިނާގެ އަސްކަރިއްޔާއިން ވެސް ވަނީ އިތުރު ސިފައިން ފޮނުވާފައެވެ.
ޗައިނާގެ ސިފައިންނާއި ހަވާލާދީ ބުނެފައިވަނީ މަސްލަހަތު ގޯސްވީ އިންޑިއާގެ ސިފައިން ޑިސްޕިއުޓް ބޯޑަރު ހުރަސް ކުރުމާ ގުޅިގެން ކަމަށެވެ. އަދި މިބޯޑަރު ހުސްކުރާ ކަމަށްވާނަމަ ޚާއްސަ ހުއްދައެއް ނަގަން ޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ.
މިހާރު އުފެދިފައިވާ މިހަމަނުޖެހުން ހައްލު ކުރުމަށްޓަކައި ދެގައުމުގެ އަސްކަރިއްޔާއިން ޚާއްސަ މަޝްވަރާތަކެއް ކުރަމުންދާ ކަމަށާއި، ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.