ކ. މާލެ
|
15 ޖޫން 2020 | ހޯމަ 02:15
ޕާކިސްތާނުން ހާއްސަ ލޮކްޑައުނަކަށް ދިޔުމަށް ޑަބްލިއުއެޗްއޯއިން އިލްތިމާސްކުރޭ
ޕާކިސްތާނުން ހާއްސަ ލޮކްޑައުނަކަށް ދިޔުމަށް ޑަބްލިއުއެޗްއޯއިން އިލްތިމާސްކުރޭ
އޭއެފްޕީ
ޕާކިސްތާނުގައި ކޮވިޑް-19 ފެތުރުން
ޕާކިސްތާނުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިލިއަނަކަށް އަރާނެ!
ޑަބްލިއުއެޗްއޯއިން ވަނީ ޕާކިސްތާނުން ހާއްސަ ލޮކްޑައުނަކަށް ދިޔުމަށް ގޮވާލާފައި
ކޭސްތަކުގެ އަދަދު އުޅެނީ ލައްކައަކަށް ވުރެ މަތީގައި
ލޮކްޑައުނަށް ލުއިތަކެއް ދޭން ވަނީ ފަށާފައި

ޕާކިސްތާނުގައި ކޮވިޑް-19 ކޭސްތަކުގެ އަދަދު މި މަހުގެ ފަހުކޮޅު ދެގުނައަށް އިތުރުވެގެންދާނެ ކަމަށާއި، ޕީކްގައި (އެއް ފަހަރަކާއި ގިނަ ކޭސްތަކެއް) ކޭސްތަކުގެ އަދަދު މިލިއަނަކަށް އަރާނެ ކަމުގެ އިންޒާރު އެ ގައުމުގެ ޕްލޭނިން މިނިސްޓަރު އަސްއަދު އުމަރު ދެއްވައިފިއެވެ.

އަސްއަދު މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ، އެ ގައުމުގެ ލޮކްޑައުނަށް ލުއިތަކެއް ދޭން ފަށާފައި ވަނިކޮށެވެ. ލުއިތަކާއެކު ގައިދުރުކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ ކަމުގެ ރިޕޯޓްތައް ދަނީ ކުރެވެމުންނެވެ. ޕާކިސްތާނުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އުޅެނީ ލައްކައަކަށް ވުރެ މަތީ ގައެވެ. އޭގެ ތެރެއިން 2،600 މީހަކު ވަނީ މަރުވެފައެވެ.

އުމަރު ވިދާޅުވީ، ކޮވިޑް-19ގެ ކަންތައްތައް މާ ބޮޑަށް ފަސޭހަކޮށްލައިގެން އުޅޭނަމަ އަދަދުތައް ކުއްލިއަކަށް މަތިވެގެންދާނެ ކަމަށެވެ.

ޕާކިސްތާނުން ހާއްސަ ލޮކްޑައުނަކަށް ދިޔުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އެ ޖަމިއްޔާއިން ވަނީ، އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށާއިރު، ހަ ކަމަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ. އެއީ ބަލި ފެތުރުން ކޮންޓްރޯލް ވެފައިވުމާއި، ސިއްހީ ނިޒާމުގައި ބަލި ދެނެގަނެވޭނެ ގޮތް ހަމަޖެހިފައިވުމާއި، ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހުރުމާއި، އެކަހެރި ކުރެވޭނެ އިންތިޒާމާއި، ބަލި ޖެހޭ މީހުންނަށް ފަރުވާދޭނެ އިންތިޒާމާއި، ކޮންޓެކްޓް ޓްރޭސް ކުރެވޭނެ އިންތިޒާމު ހަމަޖެހުން އަދި އިމްޕޯޓެޑް ކޭސްތަކުގެ އަދަދު މަދުކުރުމެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް