ކ. މާލެ
|
14 ޖޫން 2020 | އާދީއްތަ 18:49
ޗައިނާގައި ރެންޑަމް ސާމްޕްލިންގް ކުރިޔަށް ގެންދިއުން
ޗައިނާގައި ރެންޑަމް ސާމްޕްލިންގް ކުރިޔަށް ގެންދިއުން
ރޮއިޓަރސް
ކޮވިޑް-19- ޗައިނާ
ދެ މަސްތެރޭގައި ޗައިނާއިން އެންމެ ގިނަ ކޭސް ރިޕޯޓުކުރީ އިއްޔެ
57 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
ކޭސްތަކުގެ ތެރެއިން 19 ކޭސްއަކީ އިމްޕޯރޓެޑް ކޭސް
ޗައިނާއިން މިހާތަނަށް ވައިރަސް ޖެހިގެން 83,132 މީހުން ރިޕޯޓުކޮށްފައިވޭ

ޗައިނާއިން ހޯމަ ދުވަހު 50ށް ވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވެފެއިވާކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފިއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އޭޕްރީލް މަހަށް ފަހު އެންމެ ގިނަ އަދަދަކަށް ޗައިނާއިން އައު ކޭސްތަކެއް ރިޕޯޓުކޮށްފައިވަނީ ހޯމަ ދުވަހުގައެވެ. އެގޮތުން، ޖުމްލަ 57 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓު ކޮށްފައިވާއިރު، އޭގެތެރެއިން 38 ކޭސްއަކީ ލޯކަލް ޓްރާންސްމިޝަން ކޭސްތަކެވެ. ބާކީ 36 ކޭސް ފެނިފައިވަނީ ޗައިނާގެ ކެޕިޓަލް ސިޓީ، ބެއިޖިންގް އިންނެވެ.

ޗައިނާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފަައިވަނީ، އެ ކޭސްތަކުގެ ތެރެއިން 19 ކޭސްއަކީ އިމްޕޯރޓެޑް ކޭސްކަމަށެވެ. މި އަދަދަކީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ރިޕޯޓުކުރެވުނު 89 ކޭސްއަށް ފަހު އެ ގައުމުގައި ކޮވިޑް-19 ޖެހިގެން ރިޕޯޓުކުރި ފަހަރެވެ.

މީޑިއާތައް ބުނާ ގޮތުން ޗައިނާގައި ސެކަންޑް ވޭވް އެއް ފެނުން ގާތެވެ. އެގޮތުން، މި ވައިރަސް ފެނިފައިވަނީ ބެއިޖިންގްގެ އެންމެ ބޮޑު ހޯލްސޭލް މާކެޓުންނެވެ. މިކަމާއި ގުޅިގެން، 11 ނެއިބަރހުޑްއެއްގައި ފުރަބަންދު ހާލަތު އިއުލާންކޮށްފައިވާއިރު އެ މާރކެޓްގެ 11،000 ސްޓާފުން ޓެސްްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާއިން މިހާތަނަށް ވައިރަސް ޖެހިގެން 83,132 މީހުން ރިޕޯޓުކޮށްފައިވާއިރު ވައިރަސް ޖެހިގެން 4,634 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ. ޗައިނާއިން އަލާމާތްނުފެނި ވައިރަސް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ޖުމްލަކޮށް ހާމަކުރަމުންނެއް ނުދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
14 ޖޫން 2020 | އާދީއްތަ 19:14
ޢަމިން.
ގުޑް.