ކ. މާލެ
|
14 ޖޫން 2020 | އާދީއްތަ 11:56
އިންޑިއާގައި ކޮވިޑް-19ށް ސާމްޕަލް ނެގުމުގެ ތެރެއިން
އިންޑިއާގައި ކޮވިޑް-19ށް ސާމްޕަލް ނެގުމުގެ ތެރެއިން
ކޮވިޑް-19، ދުނިޔޭގެ ހާލަތު
ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުން ބަލިން ފަސޭހަވެއްޖެ
ޖުމްލަ 7,872,684 މީހަކަށް ވަނީ ބަލި ޖެހިފައި
432,475 މީހަކު ވަނީ ބަލީގައި މަރުވެފަ

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުން ބަލިން ފަސޭހަވެއްޖެއެވެ.

ރިޕޯޓުތަކުން ދައްކާގޮތުގައި މިހާތަނަށް ދުނިޔޭގައިި އެކި ކަންކޮޅުތަކުން 7,872,684 (ހަތް މިލިއަން އަށްލައްކަ ހަތްދިހަ ދެހާސް ހަސަތޭކަ އަށްޑިހަ ހަތަރެއް) ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރެއިން 4,042,466 (ހަތަރު މިލިއަން ސާޅީސް ދެހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހައެއް) މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އަދި 432,475 (ހަތަރު ލައްކަ ތިރީސް ދެހާސް ހަތަރު ސަތޭކަ ހަތްދިހަ ފަހެއް) މީހުން ވަނީ ބަލީގައި މަރުވެފައެވެ.

ބައިނަލްއަގްވާމީ ރިޕޯޓުތަކުން ދައްކާގޮތުގައި މި ވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންދަނީ 3,397,743 (ތިން މިލިއަން ތިންލައްކަ ނުވަދިހަ ހަތްހާސް ހަތްސަތޭކަ ސާޅީސް ތިނެއް) މީހުންނެވެ. އޭގެ 98% މީހުންގެ ހާލަތު ރަނގަޅުކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.

އެންމެ ގިނަ މީހުން ބަލިން ފަސޭހަވި ކަމަށް ރިޕޯޓުކޮށްފައިވަނީ އެމެރިކާއިންނެވެ. މިހާތަނަށް އެގައުމުން 2,142,224 (ދެމިލިއަން އެއްލައްކަ ސާޅީސް ދެހާސް ދުއިސައްތަ ސައުވީސް) މީހުންނަށް ބަލި ޖެހިފައިވާއިރު މީގެތެރެއިން 854,106 (އަށްލައްކަ ފަންސާސް ހަތަރުހާސް އެއްސަތޭކަ ހައެއް) ވަނީ ބަލިން ފަސޭހަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް