ކ. މާލެ
|
14 ޖޫން 2020 | އާދީއްތަ 12:00
އެމިރޭޓްސް ފްލައިޓްތަކުގެ އޮޕްރޭޝަން ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވޭ
އެމިރޭޓްސް ފްލައިޓްތަކުގެ އޮޕްރޭޝަން ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވޭ
ރޮއިޓަރސް
އެމިރޭޓްސްގެ ދަތުރުތައް ފެށުން
އެމިރޭޓްސްގެ ދަތުރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެށުމަށް ތައްޔާރުވެއްޖެ
އެއާލައިންގެ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ޖޫން 15 ގައި
30 މަންޒިލަކަށް ދަތުރު ކުރާނެ
ދުބާއީ ފަތުރުވެރިކަމަށް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުން

ދުނިޔޭގެ އުދުހުންތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއަރލައިން އެމިރޭޓްސްގެ ދަތުރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމިރޭޓްސް އެއާލައިންގެ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ޖޫން 15 ގައެވެ. އަދި މިގޮތުން 30 މަންޒިލަކަށް ފްލައިޓް އޮޕަރޭޓް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ކޮށްފައިވާ ލޮކްޑައުން އުވާލާ ދުބާއީ ފަތުރުވެރިކަމުގެ ސިނާއަތަށް ހުޅުވާލަން ވަނީ ނިންމާފައެވެ. އެގޮތުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް އެމިރޭޓްސްއިން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ޔޫއޭއީގެ ލޮކްޑައުން އުވާލާނެ ވަކި ތާރީޚެއް ހާމަކޮށްފައިނުވެއެވެ.

ޔޫއޭއީގެ ވައިގެ ސަރަހައްދު އެއްކޮށް ހުޅުވާނުލި ނަމަވެސް، ތެޔޮ އެޅުމަށާއި، ބައެއް ޓްރާންސިޓް ފްލައިޓްތައް ދުބާއީއަށް ޖެއްސުމުގެ ހުއްދަ އެޤައުމުގެ ސަރުކާރުން ވަނީ ދީފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ދަތުރުފަތުރުގެ ސިނާއަތަށެވެ. ޚާއްޞަގޮތެއްގައި، ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް ލިބުނު ގެއްލުން ފާހަގަކުރެއެވެ. ބައެއް އެއަރލައިންތަކުން ބުނާގޮތުގައި މި ލިބުނު ގެއްލުމުން އަރައިގަތުމަށް ތިން އަހަރު ނަގާނެއެވެ. އަދި ލިބުނު ގެއްލުންތަކާއި ގުޅިގެން މައި ހުރިހައި އެއަރލައިންތަކަށް ވަނީ މުވައްޒަފުން މަދުކުރަން މަޖުބޫރު ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް