ކ. މާލެ
|
14 ޖޫން 2020 | އާދީއްތަ 08:41
އިންޑިޔާގެ ހެލްތް ވޯކަރުންތަކެއް ދަރާވީގައި އުޅޭ މީހުން ކޮވިޑް-19 އަށް ޗެކްކުރުމުގެ މަސައްކަތް ކުރަމުންދަނީ
އިންޑިޔާގެ ހެލްތް ވޯކަރުންތަކެއް ދަރާވީގައި އުޅޭ މީހުން ކޮވިޑް-19 އަށް ޗެކްކުރުމުގެ މަސައްކަތް ކުރަމުންދަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
އިންޑިޔާގައި ހޮނިހިރު ދުވަހު ރިކޯޑް އަދަދަކަށް މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފި
އެންމެ ބާރަށް ވައިރަސް ފެތުރެމުންދަނީ މަހަރަޝްތްރަ ސްޓޭޓުގައި
147،000 މީހުން ވަނީ ރަނގަޅުވެފައި
މަރުވެފައިވަނީ 8،884 މީހުން

އިންޑިޔާގައި ރިކޯޑް އަދަދަކަށް އެއް ދުވަހު މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފި އެވެ.

ހޮނިހިރު ދުވަހު އެގައުމުން 11،458 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އެއާއެކު އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 321,588 (ތިން ލައްކަ އެކާވީސް ހާސް ފައްސަތޭކަ އަށްޑިހައަށް)ށް އަރާފަ އެވެ.

އިންޑިޔާއަކީ މިވަގުތު ހަތަރު ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. މަރޗް މަހުގެ ފަހު ހަފްތާ އިން ފެށިގެން މުޅި އިންޑިޔާ ލޮކްޑައުން ކޮށްފައިވާއިރު މިހާރު އިންޑިޔާއިން އަންނަނީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުންނެވެ.

އިންޑިޔާގައި އެންމެ ބާރަށް ވައިރަސް ފެތުރެމުންދަނީ މަހާރަޝްތްރަ ސްޓޭޓުގައެވެ. އެ ސްޓޭޓުން އެކަނި ލައްކަ އަކަށްވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އިންޑިޔާގެ ވެރިކަން ކުރާ ސިޓީ ނިއު ދިއްލީން އަލަށް 2000 މީހުންނަށް ވަނީ ވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ.

ވައިރަސް ޖެހޭ މީހުންގެ އަދަދުތައް މައްޗަށްދިޔަ ނަމަވެސް ރަނގަޅުވާ މީހުންގެ އަދަދުތައްވެސް އެގައުމުގައި އަންނަނީ މަތިވަމުންނެވެ. އެގޮތުން ވައިރަސް ޖެހުނު މީހުންގެ ތެރެއިން 147،000 (އެއް ލައްކަ ސާޅީސް ހަތް ހާސް) މީހުން ރަނގަޅުވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ.

އިންޑިޔާގައި މިހާރު ބަލިޖެހިގެން މިވަގުތު ރިޕޯޓްކުރަމުން އަންނަނީ 145،779 (އެއްލައްކަ ސާޅީސް ފަސް ހާސް ހަތް ސަތޭކަ ހަތްދިހަ ނުވަ) މީހުންނެވެ. މަރުވެފައިވަނީ 8،884 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް