އިނގިރޭސިވިލާތުގައި އޯލަވަލް އަދި އޭލަވަލް ތައްޔާރުވަމުންދާ 1000ށް ވުރެ ގިނަ ކުދިންގެ ކިޔެވުން މިއަންނަ ހޯމަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަންނަ އަހަރު އޯލެވަލް އިމްތިހާން އަދި އޭލެވަލް އިމްތިހާންގައި ބައިވެރިވާ 1000ށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ގިނަ ސްކޫލުތައް ހޯމަ ދުވަހު ހުޅުވުމަށް ނިންމާފައިވާ މީޑިއާ ރިޕޯޓު ކޮށްފައިވެއެވެ.
މީގެ އިތުރުން ދަ އެސޯޝިއޭޝަން އޮފް ސްކޫލް އަދި ކޮލެޖްގެ ލީޑަރު ވިދާޅުވީ ނިއު ނޯމަލްގައި ވަރަށް ގިނަ ޕްރައިމަރީ ސްކޫލްތައް ހުޅުވާނެ ކަމަށެވެ. ނަމަވެސް ހުޅުވާނެ ވަކި ތާރީހެއް ވިދާޅުވެފައިނުވެއެވެ. އަދި ޓީޗަރުންނާއި ދަރިވަރުން ބައްދަލުވި ނަމަވެސް ނުރައްކަލަށް ހުށަހެޅުމުގެ ކުޑަ ވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ، ކޮލެޖް އަދި ސްކޫލުތައް ހުޅުވި ނަމަވެސް ކޮންމެ ގްރޭޑެއްގައި ދަރިވަރުން ތިބޭނީ ވަކި އަދަދަކަށެވެ. އެގޮތުން ސްކޫލުތަކުގެ ކިޔައިދިނުމުގެ އެންމެހައި ކަންކަން އިންތިޒާމް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހެލްތްގެ ގައިޑްލައިންއާ އެއްގޮތަށްށެވެ.
މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ، ކޮލެޖް އަދި ސްކޫލުތައް ހުޅުވި ނަމަވެސް ގިނަ ކުދިން ކޮވިޑް-19 ފެތުރެމުންދާތީ ސްކޫލަށް ނުފޮނުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ކިޔަވައި ދިނުމަށް އަލުން ފެށުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން ޔުނިވާސިޓީ ކޮލެޖް އަދި ސްކޫލުތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.