ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 13:13
އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމިޓީގައި
އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމިޓީގައި
ޝުއައިބް މުހައްމަދު އިގްބާލް
މަގޭ ރިޕޯޓު
އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑޭޓް މިނިސްޓަރަށް ރަނގަޅަށް އެނގިލައްވާތޯ؟
ފުވައްމުލައް ސިޓީއަށް ނިސްބަތްވާ މެމްބަރުން ވަނީ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައްވާފައި
ތިމާވެށްޓާ ރަޙުމަތްތެރި ނަރުދަމާގެ ނިޒާމް ފަރުމާކޮށް ހިންގުމަކީ މިނިސްޓްރީގެ ޒިންމާއެއް
މެންޑޭޓް މިނިސްޓަރަށް އެނގިވަޑައިނުގެންނެވުމަކީ ނުވަތަ މިވެނިކަމަކީ މެންޑޭނުން ބޭރުގައިވާ ކަމެއްކަމަށް ވިދާޅުވުމަކީ މިނިސްޓްރުގެ ޤާބިލްކަމާއިމެދު ސުވާލު އުފެދޭ ކަމެއް

ދޯހަޅި ސިޔާސަތުތަކާއި އެކު މިލިއަނުން ހަރުދުކޮށް ގެނައި ތަރައްގީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނެއް މިއަދު ދަނީ އެތައް ތަކުލީފުތަކާއި ކުރިމަތިލަމުންނެވެ. ރައްޔިތުމީހާ ލޮލުގައި އަނދުން އަޅުވަން ކުރި ތަރައްގީގެ މަޝްރޫއުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަޝްރޫއަކަށް ފުވައްމުލައް ސިޓީގެ ފެނާ ނަރުދަމާ ނިޒާމުގެ ގާއިމްކުރުމުގެ މަސައްކަތް ވެގެންދާނެއެވެ.

މަނީ ލޯންޑްރިންގްގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދާ ކުރީގެ ރައީސް ޔާމީން އެ މަސައްކަތް އިފްތިތާހްކޮށްދެއްވީ 9 އޮކްޓޯބަރު 2016 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މަޝްރޫއަށް 297 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 142 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ބާކީ ފައިސާއަކީ ކުވައިތު ފަންޑް ފޮ އެރެބިކް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީގެ ދަށުން ހޯދާފައިވާ ފައިސާއެވެ.

9 އޮކްޓޯބަރު 2016 - ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

އެ ތަރައްގީގެ ސަބަބުން މިއަދު އެ ރައްޔިތުން ތަހައްމަލު ކުރަންޖެހޭ ދަތި އުނދަގޫ ހާލަތު އެހާމެ ބޮޑެވެ. ފަރުވާ ކުޑަކޮށް މަސައްކަތް ނިންމާފައި އޮތުމުގެ ސަބަބުން ރަށުތެރެއަށް ނަޖިސް ލީކުވުމަކީ އަބަދުމެ ހިނގާކަމެކެވެ. ގެގޭގެ ފާޚާނާތަކަށް ނަޖިސް ލިކުވާ މައްސަލައަކީ ނުހަނު ކަންބޮޑުވުން އޮތް މައްސަލައެކެވެ.

ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވާ މައްސަލަތަކާއި ގުޅިގެން ރައްޔިތުން އެތަކެއް ތަކުލީފުތަކާއި ކުރިމަތިލާންޖެހޭއިރު އެކަމަށް އެދެވޭ ހައްލެއް ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތަކީ ކޮބައިކަން ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ރައްޔިތުންގެ ވޯޓުން ހޮވިވަޑައިގެން ތިއްބެވި މެމްބަރުން މަސައްކަތް ކުރައްވާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި އެންވަޔަރަމަންޓް މިނިސްޓަރ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން ވަނީ ޢިއްޒަތްތެރި ވަޒީރުގެ އިސްއުފާއަށް ގޮވާލައްވާފައެވެ.

ނަރުދަމާ މައްސަލަ ދިމާވުމުން ކައުންސިލުން ކަންތައް ހައްލުކުރަނީ -- ފޮޓޯ: ޓުވިޓަރ

ކޮމިޓީ ހޫނުވި މައިގަނޑު އެއް ސަބަބަކީ މިނިސްޓްރީގެ މެންޑޭޓަކީ ތިމާވެއްޓާއި އަދި ފެނާއި ނަރުދަމާ އާއި ގުޅުންހުރި ކަންކަމުގައި ފަންނީ ލަފާ އެރުވުން ކަމަށް މިނިސްޓަރ ވިދާޅުވުމުންނެވެ. އަދި އިންފްރާސްޓްރަކްޗަރ ގެ ކަންކަމަކީ އެންވަޔަރަމެންޓް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް ވަންނަ ކަންކަމެއް ނޫން ކަމަށް ވިދާޅުވުމުންނެވެ.

މިނިސްޓަރަށް އެނގިވަޑައިނުގެންނެވިއަސް އެންވަޔަރަމަންޓް މިނިސްޓްރީގެ އަމާޒުތައްވެސް ވަރަށް ސާފެވެ. އިޤްތިޞާދީ އަދި އިޖުތިމާއި ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ޙިމާޔަތްކުރެވޭ، ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތަކުގެ މަތީން ކުރެވޭ ކަންކަމަށް ހެދުމަކީ މިނިސްޓްރީގެ އެއް އަމާޒެވެ. އަދި، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ޙާސިލުކުރެވޭފަދަ ގޮތަކަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތުގެ ތެރެއިން ސާފުބޯފެނާއި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ލިބޭނެގޮތް ހެދުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.

މެންޑޭޓްގެ ތެރޭގައިވާ ކަންތައްތައްވެސް އެހާމެ ސާފެވެ. ހަކަތައާބެހޭ ރޮނގުތަކުންނާއި، ފެނާއި، ނަޖިހާއި، ނަރުދަމާއާއި އާބެހޭ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް ހަދައި ހިންގުމުކީ މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ކަމެކެވެ. ހަމަ އެހެންމެ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، ރާއްޖޭގައި ހަކަތައާއި، ފެނާއި، ނަރުދަމާއާއި މީޓިއޮރޮލޮޖީއާބެހޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ސްޓްރެޓީޖިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތަކާއި ޕްރޮގްރާމްތައް ރޭވުމާއި ހަކަތައާއި ފެނާއި ނަރުދަމާއާއި ބެހޭ މަޝްރޫޢުތަކުގެ ކޮންސެޕްޓް އެކުލަވާލުމާއި، އެ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސް ސަރުކާރުގެ ފަރާތްތަކާ ގުޅިގެން ހޯދައި، އެ މަޝްރޫޢުތައް ރާވައި ހިންގުމާބެހޭ އެންމެހާ މަސައްކަތްތައް ކުރުން އެއީ މިނިސްޓްރީގެ މެންޑޭޓްއެވެ.

މުހިންމު ނުކުތާއެއް ފާހަގަކޮށްލާނަމެވެ. އެ މަޝްރޫޢުތައް ނިމުމުން އެ ނިޒާމުތައް ބަލަހައްޓައި ޚިދުމަތްދޭނެ ފަރާތެއް ކަނޑައަޅައި، އެ ފަރާތްތައް މެދުވެރިކޮށް އެ ނިޒާމުތަކުން ޚިދުމަތްދޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ހުދު އެންވައިރަމެންޓް މިނިސްޓްރީގެ މެންޑޭޓްގައި ވާކަންތައްތަކެވެ. އަދި ފެނާއި ނަރުދަމާއާއި މީޓިއޮރޮލޮޖީއާ އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތަކުގެ މަސައްކަތް ހިންގާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަކީވެސް ހަމަ ތި މިނިސްޓްރީގެ ޒިންމާއެކެވެ.

މެންޑޭޓެއް ނޫނޭ ވިދާޅުވިއިރު، މިނިސްޓްރީގެ މެންޑޭޓްގެ 20 ވަނަ ނުކުތާގައި ނަޖިހާއި ނަޖިސްފެން ނައްތާލުމުލުމުގެ އިންތިޒާމުތައް ރޭވުމާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ތިމާވެށްޓާ ރަޙުމަތްތެރި ނަރުދަމާގެ ނިޒާމް ފަރުމާކޮށް ހިންގުމަކީ މިނިސްޓްރީގެ ޒިންމާއެއްކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ފެނާއި ނަރުދަމާއާބެހޭ ކަންތައްތައް ރާވައި ހިންގުމުގައާއި، ޚިދްމަތް ފޯރުކޮށްދީ ބޭނުންކުރުމުގައާއި، ފަންނީ ރޮނގުންނާއި އިޤްތިޞާދީ ގޮތުން ނިންމުންތައް ނިންމުމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުމަކީ މިނިސްޓްރީގެ މެންޑޭޓްގައި ވާކަމެކެވެ.

މިނިސްޓްރީގެ މެންޑޭޓްގައިވާ ކަންކަން މިހާ ސާފުކޮށް ފެންނަން އޮތްއިރު، މެންޑޭޓް މިނިސްޓަރަށް އެނގިވަޑައިނުގެންނެވުމަކީ ނުވަތަ މިވެނިކަމަކީ މެންޑޭނުން ބޭރުގައިވާ ކަމެއްކަމަށް ވިދާޅުވުމަކީ މިނިސްޓްރުގެ ޤާބިލްކަމާއިމެދު ސުވާލު އުފެދޭ ކަމެކެވެ.

- ކޮމެންޓް
14 ޖޫން 2020 | އާދީއްތަ 10:40
ދިރާސާ
ޖާނަލިސްޓު ޖެހިފަވާ ކޮޅުފެނޭ. ނޫސްވެރިޔާ މެންޑޭޓު ކިޔާ އޭގަ އޮތް އެ އްޗެ އް ފަހުމު ވެގެން ނޫސްވެރި ލިޔުން ލިޔަންޖެހޭ. މީސިޔާސީ ކޯޅުމެ އް. ތިމިނިސްޓަރު އެހެންޕާޓީ އެ އް ވީމަ. ނޫނީ ޖާނަލިސްޓު އެކަން ދެނެހުރެ ކުރާކަމެ އްތަ މީ؟ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
13 ޖޫން 2020 | ހޮނިހިރު 18:37
ބަލާވެރިކަން
މިނިސްޓަރަށް ނޭގެނީކީ ނޫން. މަޖިލީހުގައި ތިބި ގަމާރު ބަޔަކަށް ނޭގިގެން އުޅެނީ. އެ މީހުނަށް ނޭގޭތަ މިސަރުކާރު އައިފަހުން އެންވަޔަރަންމަންޓް މިނިސްޓރީން ކުރަމުންގެންދިޔަ ފެނާ ނާރުދަމާގެ ހުރިހާ މަޝްރޫއެއް ހަވާލުކުރީ ޕްލޭނިންގ މިނިސްޓްރީއާ ކަމެއް. ޢެންވަޔަރަންމަންޓްގަ އޮތީ ހަމަ އެކަނި ވޭސްޓް އާއި ހަކަތަ އާއި ރަށްގިރުން ކަމެއް. ޢަސްލަމަށް ހުރިހާ ބާރެއްދީގެން ތިބަބަލަ ލައްކަ މޮޅެއްވާނެކަމަށް .