ކ. މާލެ
|
12 ޖޫން 2020 | ހުކުރު 13:37
ރަޝިޔާއިން އެގައުމުގެ ބޯޑަރު ބަންދުކުރީ މާރޗު މަހުގެ 30ގައި
ރަޝިޔާއިން އެގައުމުގެ ބޯޑަރު ބަންދުކުރީ މާރޗު މަހުގެ 30ގައި
-
ރަޝިޔާގެ ބޯޑަރު ހުޅުވާލަން ގޮވާލުން
ކޮވިޑް-19އާ ގުޅިގެން ރަޝިޔާގެ ބޯޑަރު ބަންދު ކޮށްފައި ބޭއްވުމުގެ ބޭނުމެއް ނެތް: ސައިސްވެރިން
އެގައުމުގެ 500،000 ށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވޭ
ގައުމުގެ އެކަހެރި ކޮށްފައި ބޭއްވުމުގެ ބޭނުމެއް ނެތް
އެގައުމުގެ ބޯޑަރު އާންމުކޮށް ހުޅުވާލުމަށް ވަނީ ގޮވާލާފައި

ކޮވިޑް-19އާ ގުޅިގެން ރަޝިޔާގެ ބޯޑަރު ބަންދު ކޮށްފައި ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް އެ ގައުމުގެ ސައިންސްވެރިއަކު ވިދާޅުވެއްޖެއެވެ.

ރަޝިޔާ އެކަޑަމީ އޮފް ސައިންސްގެ މެމްބަރެއް ކަމުގައިވާ އެލެކްސެންޑަރ ލޫކާޝެވްއާ ހަވާލާދެއްވާ ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޖެނުއަރީ އަދި ފެބްރުއަރީ މަހު ބޯޑަރު ބަންދު ކޮށްފައި އޮތް ނަމަވެސް މިހާރު މުޅި ދުނިޔެއަށް ކޮވިޑް-19 ފެތުރިފައިވާތީ ދެން އިތުރަށް ބޯޑަރު ބަންދުކޮށް، ގައުމު އެކަހެރި ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެލެކްސެންޑަރ ވިދާޅުވީ ގައުމުގައި ފުރަތަމަ ކޮވިޑް-19 ފެތުރިގެން ދިޔައިރު ބޯޑަރު ބަންދު ކުރުން މުހިންމު ކަމުގައިވީ ނަމަވެސް މިހާރު 500،000ށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ކޭސްތައް ރިޕޯޓު ކުރަމުންދާއިރު، މިހާރު ބޯޑަރު ބަންދު ކުރުމުގެ އެއްވެސް މަގުސަދެއް ނެތް ކަމަށް އެލެކްސެންޑަރ ވިދާޅުވިއެވެ.

އެލެކްސެންޑަރ ވިދާޅުވެފައިވާ ގޮތުގައި މިހާރު ދުނިޔޭގެ ހުރިހާ ހިސާބަކަށް ނުވަތަ ހުރިހާ ތަނަކަށް ކޮވިޑް-19 ފެތުރިފައިވާއިރު ބަލި ގައުމުން ބޭރުން އެތެރިވި ނަމަވެސް ނުވަތަ އެތެރެނުވި ނަމަވެސް މާބޮޑު އަސަރެއް ނުކުރާނެ ކަމަށާއި، ނުކުންނާނެ ނަތީޖާއެއް ނެތް ކަމަށެވެ.

އެގޮތުން އެގައުމުގެ ބޯޑަރު އާންމުކޮށް ހުޅުވާލުމަށް ވަނީ ގޮވާލާފައެވެ. ރަޝިޔާއިން އެގައުމުގެ ބޯޑަރު ބަންދުކުރީ މާރޗު މަހުގެ 30ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް