ކ. މާލެ
|
10 ޖޫން 2020 | ބުދަ 15:25
ދަނގެތި ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމު
ދަނގެތި ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމު
ރައްޔިތުންގެ މަޖިލިސް
ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހ
ބާ އިމްތިހާން ފުރިހަމަކުރުން އަންނަ އަހަރުގެ ޖެނުއަރީ އަށް ފަސްކުރުމަށް ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި
 
ހުވާކުރުމުގެ އިންތިޒާމު ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ބާ ކައުންސިލުން ހަމަޖައްސައިދިނުމަށް ވަނީ ހުށަހަޅާފައި
 
ބާ އިމްތިހާން ބޭއްވުމަށް ބާ ކައުންސިލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވަނީ ބުނެފައި

ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ތަމްރީނާއި ބާ އިމްތިހާނު ފުރިހަމަކުރުން އަންނަ ޖެނުއަރީ މަހަށް ފަސްކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާޙޫ ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެ ބިލުގެ ބަހުޘް ފަށައިފި އެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމެވެ. ބިލު ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް މިދިޔަ އަހަރު ޢަމަލުކުރަން ފަށާފައިވާއިރު މި ޤާނޫނުގެ ދަށުން ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދޫކުރުމުގެ އުޞޫލުތައް ކުރިން ޢަމަލުކުރަމުންދިޔަ ގޮތާއި ވަރަށް ތަފާތުކަމަށެވެ. އެގޮތުން ޤާނޫނަށް މިހާރު އޮންނަގޮތުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭނީ އެ ޤާނޫނުގެ 30 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށްވެފައި، އެ ޤާނޫނުން މުޅިން އަލަށް ތަޢާރަފުކުރި ދެ ޝަރުޠުކަމަށްވާ ޤާނޫނީ ޚިދުމަތްދޭ ތަނެއްގައި އެއް އަހަރު ދުވަހުގެ ތަމްރީނު ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރުން ހިމެނޭ ކަމަށެވެ.

މި ދެ ޝަރުޠަށް ބަލާއިރު މިވަގުތު މުޅި ދުނިޔެއަށާއި ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ސަބަބުން ހުރިހާ ކަމެއްހެން ހުއްޓުމަކަށް އައިސްފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ އެއް އަހަރުގެ ތަމްރީނު ފުރިހަމަކުރުމަށް މި ދާއިރާއިން ކިޔަވާ ނިމިފައިވާ ދަރިވަރުންނަށް ހުރަސް އެޅިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ ބާ އިމްތިހާނަކީ ރާއްޖޭގެ ބާ ކައުންސިލުގެ ފަރާތުން އެމެރިކާގެ ނެޝަނަލް ސެންޓަރ ފޮރ ބާ އެގްޒިމިނަރސް (އެން.ސީ.ބީ.އީ) އާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ތައްޔާރުވަމުންދާ އިމްތިހާނަކަށް ވާއިރު އެކަން ކުރުމަށް ބާ ކައުންސިލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެ އިމްތިހާނު މިއަހަރު ކުރިޔަށް ނުގެންދެވުން ގާތް ކަމަށް ބާ ކައުންސިލުން މަޢުލޫމާތު ދީފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

މި ދެޝަރުތަށް ކުރިމަތިލައިގެން ތިބި 300 ށް ވުރެ ގިނަ ޒުވާނުން އެބަތިބި. އެމީހުން މިވަނީ މަގުމަތިވެފައި. އެމީހުންގެ އާއިލާތައް ވަނީ މަގުމަތިވެފައި. އެހެންކަމުން މި ޤާނޫނަށް މިއިސްލާހު ކޮންމެހެން އެބަ ގެންނަންޖެހޭ. އެހެން ނޫން ކަމަށްވާނަމަ މިދަނީ އެމީހުންނަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބިގެން. ހަމަމިއާއެކު ފާހަގަކޮށްލަން މި ޤާނޫނުގައި މިބުނާ އެއް އަހަރު ދުވަހުގެ ތަމްރީން ކުރުމުގެ މާއްދާ އަށް ބަލާލާއިރުގައި އެންމެ ބޮޑު މައްސަލައަކީ އެ ދަރިވަރުން އެބަޖެހޭ ދެ ކަމެއް ހާސިލްކުރަން. އެއް ކަމަކީ އެއް އަހަރު ދުވަހުގެ މުއްދަތެއްގައި އެބަ ލޯފާރމެއްގައި މަސައްކަތްކުރަންޖެހޭ. ނޫނީ ޤަނޫނީ މަސައްކަތްކުރާ ތާކު މަސައްކަތްކުރަން އެބަޖެހޭ. ހަމައެއާއެކު އެގޮތަށް މަސައްކަތްކުރާއިރު މަސައްކަތް ކުރަން މިޖެހެނީ ސީނިއަރ ލޯޔަރަކާއެކު. ވިސްނައިވަޑައިގަންނަވާ ތިންސަތޭކައަށް ވުރެ ގިނަ ލޯޔަރުން މިދެންނެވި ޝަރުތު ފުރިހަމަކުރަން އެއް އަހަރު ދުވަހުގެ ތެރޭގައި އުޅެންވިއްޔާ އުޅެންޖެހޭނެ ހާލެއް. އެހެންވީމާ ގަބޫލެއް ނުކުރެވޭ މި ޝަރުތު ފުރިހަމަކުރެވޭނެ ކަމަކަށް.
ދަނގެތި ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމު

ނާޒިމް ވިދާޅުވީ އެހެންކަަމުން މި ދެ ޝަރުތު ފަސްކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މިޤާނޫނުގެ 77 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ހުށަހަޅުއްވާކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މިގޮތުން 78 ވަނަ މާއްދާ އިތުރު ކުރާކަމަށާއި، އެ މާއްދާގައި ބުނަނީ މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަސް މި ޤާނޫނުގެ 30 ވަނަ މާއްދާގެ ހ ގެ 4 ވަނަ މާއްދާ އާއި މި ޤާނޫނުގެ 31 އަދި 32 ވަނަ މާއްދާ އަށް 'ޢަމަލުކުރަން ފަށާ ތާރީޚަކީ 1 ޖެނުއަރީ 2021 އިން ފެށިގެން ކަން' އިތުރުކުރަން ހުށަހަޅުއްވާކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ހަމަ މިޤާނޫނަށް ޢަމަލުކުރަން ފަށަނީ 'މި ޤާނޫނު ގެޒެޓުގައި ޝާޢިޢުކުރާ ދުވަހުން ފެށިގެންކަމަށް' ބަދަލުކުރަން ހުށަހަޅާކަމަށް ނާޒިމް ވިދާޅުވި އެވެ.

މި ޤާނޫނުގެ 31 ވަނަ މާއްދާ އަކީ ބާ އިމްތިހާނު ހެދުމާއި ތަމްރީނު ފުރިހަމަކުރުމާއި ބެހޭ މާއްދާ އެވެ. އަދި 32 ވަނަ މާއްދާ އަކީ ބާ އިމްތިހާނާ ގުޅޭ މާއްދާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް