ކ. މާލެ
|
10 ޖޫން 2020 | ބުދަ 07:11
ޖޯޖް ފްލޮއިޑްގެ ޖަނާޒާގެ ތެރެއިން
ޖޯޖް ފްލޮއިޑްގެ ޖަނާޒާގެ ތެރެއިން
އޭބީސީ ނިއުސް
ޖޯޖު ފްލޮއިޑްގެ ޖަނާޒާ
ފްލޮއިޑްގެ ޖަނާޒާ ލައިވްސްޓްރީމް ކޮށްފި
މި ޖަނާޒާގައި 500 މެހެމާނުން ބައިވެރިވެފައިވޭ
ޖަނާޒާ ބާއްވާފައިވަނީ އަންގާރަ ދުވަހުގެ ރޭ

އެމެރިކާގެ މިނިސޯޓާ ސްޓޭޓްގެ މިނިއެޕްލިސް ސިޓީގައި ފުލުހުން އަމަލުތައް ބެހެއްޓިގޮތުން މަރުވި ޖޯޖް ފްލޮއިޑްގެ ޖަނާޒާ ލައިވް ސްޓްރީމް ކޮށްފި އެވެ.

ފްލޮއިޑްގެ ޖަނާޒާ ބާއްވާފައި ވަނީ އެމެރިކާގެ ފައުންޓެއިން އޮފް ޕްރެއިސްގެ ޗާޗުގަ އެވެ.

މި ޖަނާޒާގައި 500 މެހެމާނުން ބައިވެރިވެފައި ވާއިރު އޭގޭތެރޭގައި ސިޔާސީ އިސް ފަރާތްތަކާއި މަޝްހޫރު ފަންނާނުން ހިމެނެއެވެ.

ޖަނާޒާގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް ތިބީ ކަޅު ކުލައިގެ މާސްކް އަޅައިގެންނެވެ. ފްލޮއިޑްގެ މަރާއި ގުޅިގެން ޢާންމުވެފައިވާ ވީޑިއޯ ތަކުން ފެންނަ މަންޒަރުތަކުން ފްލޮއިޑް ބިންމައްޗަށް ބަންޑުން ވައްޓާފައިލާފައި އޮތް އިރު، ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރެއެވެ. އަދި ފްލޮއިޑް ނޭވާ ނުލެވޭކަމަށް ބުނެ އާދޭސް ކުރާ އަޑުވެސް އިވެއެވެ.

އެތަނަށް އެއްވެ ތިބި ބައެއް މީހުން ފްލޮއިޑްގެ ކަރުން ފައި ނެގުމަށް ފުލުސް މީހާ ކައިރީ އާދޭސް ކުރާ އަޑުވެސް ވީޑިއޯއިން އިވެއެވެ. އޭގެ އިރުގަނޑެއް ފަހުން ފްލޮއިޑް ބަސް ހުއްޓި، ހޭނެތިފައި ކަހަލަ ގޮތަކަށް އޮންނަ ތަން ވީޑިއޯއިން ފެނެއެވެ.

ފްލޮއިޑްގެ މަރާ ގުޅިގެން ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ނުރުހުން ފާޅުކޮށް ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ އަނިޔާވެރިކަން ހުއްޓާލުމަށާއި، ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލާފަ އެވެ. މުޒާހަރާތަކުގެ ބައިވެރިން ދިޔައީ "ބްލެކް ލައިވްސް މެޓަރ" އަދި "އައި ކާންޓް ބްރީތް" ބުނެ އަޑު އުފުލާފަ އެވެ. މި ބަސްތަކަކީ ޖޯޖް ފްލޮއިޑްގެ އެންމެ ފަހު ބަސްތައް ކަަމަށް މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

މި މައްސަލައިގައި ހަތަރު ފުލުހެއްގެ މައްޗަށް ވަނީ ދަޢުވާ އުފުލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް