ކ. މާލެ
|
4 ޖޫން 2020 | ބުރާސްފަތި 13:11
މާލެ: މާލެ ސިޓީގެ ފުރަބަންދަށް ލުއިތަކެއް ދިނުމާއި ގުޅިގެން މާލޭގެ މަގުތަކުގައި ހަލަބޮލިކަން ވަނީ އިތުރުވެފައި
މާލެ: މާލެ ސިޓީގެ ފުރަބަންދަށް ލުއިތަކެއް ދިނުމާއި ގުޅިގެން މާލޭގެ މަގުތަކުގައި ހަލަބޮލިކަން ވަނީ އިތުރުވެފައި
ރާއްޖެ އެމްވީ
ފުރަބަންދަށް ލުއި ދިނުން
12 ގަޑިއިރުގެ ތެރޭގައި 21،000 އަށްވުރެ ގިނަ ހުއްދަ ދޫކޮށްފި
 
ހުރިހާ ހުއްދަތަކެއް ދޫކުރަނީ ފުލުހުން
 
ވިޔަފާރީގެ ހުއްދައަށް އެދެންޖެހެނީ، މާލެ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް
 
ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި 21،653 ހުއްދަ ދޫކޮށްފައިވޭ

މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއިދިނުމާއި ގުޅިގެން، ފުލުހުން ދޫކުރަންޖެހޭ ހުއްދަ ދޫކުރުމުގައި ފާއިތުވި، 12 ގަޑިއިރުގެ ތެރޭގައި 21،000 އަށްވުރެ ގިނަ ހުއްދަ ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއިތަކެއް ދިނުމާއި ގުޅިގެން، ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި 21،653 ހުއްދަ ދޫކޮށްފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ، ވިޔަފާރިތަކަށް ދެވިފައިވާ 1،927 ހުއްދަ އާއި އިގްތިޞާދީ އެކިކަންކަމުގައި މާލޭގެ ސަރަހައްދުގައި ބޭރަށް ނިކުމެއުޅުމަށް 11،826 މީހަކަށް ދީފައިވާ ހުއްދަ ކަމަށެވެ.

އޮފީސްތަކާއި އިގްތިޞާދީ އަދި ޒަރޫރީ އެކިއެކި ބޭނުންތަކުގައި ދޫކުރާ ހުއްދަ ތަކުގެ އިތުރުން، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފަތިހު 5:00 އާއި ހެނދުނު 8:00 އާދެމެދު ގެއިން ބޭރަށް ނިކުމެ، ކަސްރަތު ކުރުމުގެ ގޮތުން ދުވުމާއި ހިނގާލަން ދިއުމުގެ ހުއްދަތަކެއް ވެސް ދަނީ ދެމުންނެވެ.

ވިޔަފާރިތަކަށް ހުއްދައަށް އެދެންޖެހެނީ، މާލެ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް ހުއްދަތައް ދޫކުރާނީ ފުލުހުން ކަމަށާއި ފާސް ދޫކުރުމުގެ މަސައްކަތް ބުދަ ދުވަހުން ފެށިގެން ދޫކުރަމުންދާނެ ކަމަށް ބުނެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، މާލެ ސިޓީގެ ފުރަބަންދަށް ލުއި ދިނުމަށް މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ނިންމުމާގުޅިގެން 17 ބާވަތެއްގެ ވިޔަފާރި ހިންގުމަށް ހުއްދަ ދުކުރަމުން ގެންދާ ކަމަށެވެ.

ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރެވޭ ގޮތަކީ، ވިޔަފާރިތަކުގެ ހުއްދައަށް އެދެން ޖެހެނީ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށެވެ. އޭގެފަހުން، ހުއްދައަށް އެދިފައިވާ ހުރިހާ ފަރާތްތަކުގެ ހުރިހާ ތަފުސީލެއް، އިކޮނޮމިކް މިނިސްޓްރީއާ ހިއްސާ ކުރެވެއެވެ. އަދި ކަށަވަރުކޮށް ނިމުމުން ފާސް ދޫކުރުމުގެ މަސައްކަތް ކުރަނީ ފުލުހުން މެދުވެރިކޮށެވެ.

މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން 'ލޮކްޑައުން' ގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ފަށާއިރު ގިނަ ފިހާރަތަކެއް ހުޅުވާލުމުގެ ފުރުސަތު ދީފައި ވެއެވެ.

ސުޕަރމާކެޓްތަކާއި ބޭކަރީތަކާއި އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި ވިއްކާ ކަންމަތީ ފިހާރަތަކާއި ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރަތަކައި، ފަރމަސީތައް، ދިވެހި ބޭސް ވިއްކާ ފިހާރަތައް، ބުކްޝޮޕްސް، ސްޓޭޝަނަރީ ވިއްކާ ފިހާރަތަކާއި، ކުޑަކުދިންގެ ސާމާނު ވިއްކާ ފިހާރަތައް އަދި ހާޑުވެއަރ ފިހާރަތައް ހުޅުވާލުމަށް ފުރުސަތު ދިނުމަށް ނިންމާފައި ވެއެވެ.

އޭގެއިތުރުން އޮންލައިން ޑެލިވަރީ އަށް ބައެއް ތަންތަން ހުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ މޯބައިލް ފޯން ފިހާރަތަކާއި ކޮމްޕިޔުޓަރ ސާމާނު ވިއްކާ ފިހާރަތާއި ގޭގައި ބޭނުންކުރާ އިލެކްޓްރޯނިކްސް ސާމާނު ވިއްކާ ފިހާރަތަކާއި އަންނައުނު، ފޮތި، ފައިވާން އަދި ކުޅިވަރު ސާމާނު ވިއްކާ ފިހާރަތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް