ކ. މާލެ
|
4 ޖޫން 2020 | ބުރާސްފަތި 05:52
މީގެ ކުރިން ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ހައުސިން ޔުނިޓްތަކެއް، ބައެއް ހައުސިން ޔުނިޓްތަކުގައި މިހާރު މީހުން ދަނީ ދިރިއުޅެމުން
މީގެ ކުރިން ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ހައުސިން ޔުނިޓްތަކެއް، ބައެއް ހައުސިން ޔުނިޓްތަކުގައި މިހާރު މީހުން ދަނީ ދިރިއުޅެމުން
ކުޅުދުއްފުށި އޮންލައިން
ކުޅުދުއްފުށީގެ ހައުސިން ޔުނިޓްގެ މަސައްކަތް
ކުޅުދުއްފުށީގައި އިމާރާތް ކުރަން ފަށާފައިވާ 105 ހައުސިންގ ޔުނިޓު ނިންމުމުގެ މަސައްކަތަށް ބިޑް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި
 
ބީލަން ހުޅުވުން އޮންނާނީ 13 ޖުލައި ގައި
 
މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 315,000.00ރ ހުށަހަޅަން ޖެހޭ
 
މިމަސައްކަތް ކުރިއަށް ގެންދާނީ އައި.ސީ.ބީ އުސޫލުގެ މަތިން

ހދ. ކުޅުދުއްފުށީގައި ޢިމާރާތް ކުރަން ފަށާފައިވާ 105 ހައުސިންގ ޔުނިޓު ނިންމުމުގެ މަސައްކަތަށް ބިޑް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ޢިމާރާތް ކުރަން ފަށާފައިވާ 105 ހައުސިންގ ޔުނިޓު ނިންމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާންގައިވާ ރަޖިސްޓްރޭޝަން މުއްދަތާއި، ބިޑް ހުށަހެޅުމުގެ ތާރީޚަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް 1,500 ދިވެހި ރުފިޔާ ނުވަތަ 100.00 ޔޫ.އެސް. ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި، ފައިސާ ބަލައިގަންނާނީ 8 މާރިޗު 2020 އިން 12 ޖުލައި 2020 އަށް، އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށް ކަމަށެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mvއިން 08 މާރިޗު 2020 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ތިންލައްކަ ފަނަރަހާސް ދިވެހި ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް ޑޮލަރުން ފައިސާ ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް މިނިސްޓްރީން ބުނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 13 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް