ކ. މާލެ
|
4 ޖޫން 2020 | ބުރާސްފަތި 05:49
ޗައިނާއިން އެމެރިކާގެ ދެއެއާލައިންއެއް ހުއްދަ ވަގުތީ ގޮތުން ހުއްޓުވާފައިވަނީ ކޮވިޑް-19އާ ގުޅިގެން
ޗައިނާއިން އެމެރިކާގެ ދެއެއާލައިންއެއް ހުއްދަ ވަގުތީ ގޮތުން ހުއްޓުވާފައިވަނީ ކޮވިޑް-19އާ ގުޅިގެން
ދަ ނޭޝަން
ޗައިނާ-އެމެރިކާގެ ރުޅިވެރިކަން
ޗައިނާގެ ހަތަރު އެއާލައިންއަކުން އެމެރިކާއަށް ދަތުރު ކުރުމުގެ ހުއްދަ އެމެރިކާ އިން ބާތިލް ކުރަން ނިންމައިފި
މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ދަތުރު ނުކުރެވޭނެ
އެމެރިކާއިން މިނިންމުން ނިންމީ އެމެރިކާގެ ދެއެއާލައިންއަށް ޗައިނާއަށް ދަތުރު ކުރުމުގެ ހުއްދަ ދީފައި ނުވާތީ
ޗައިނާއިން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށް އެމެރިކާއިން ތުހުމަތު ކުރޭ

ޗައިނާގެ ހަތަރު އެއާލައިނެއްގެ ފްލައިޓްތަކަށް އެމެރިކާއަށް ދަތުރު ނުކުރެވޭ ގޮތަށް ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިނިންމުން އެމެރިކާއިން ނިންމީ އެމެރިކާއާ ޗައިނާ އާ ދެމެދު ހިނގަމުންދާ ''ޓްރޭޑް ވަރ'' ގެ ސަބަބުން އެއްގައުމުން އަނެއް ގައުމަށް އަޅަމުންދާ ދަތި ކުރުމުގެ ފިޔަވަޅުގެ ތެރެއިން ކަމަށެވެ.

އެގޮތުން ޔޫއެސް ޓްރާންސްޕޮޓޭޝަން ޑިޕާޓްމެންޓުން ބުނެފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ޗައިނާއަށް ނިސްބަތްވާ ހަތަރު އެއާލައިންއަށް އެމެރިކާއަށް ދަތުރު ކުރުމުގެ ހުއްދަ ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި މިހެން މިކަން ކުރަން ޖެހުނީ އެމެރިކާގެ ދެ އެއާލައިނެއް ކަމުގައިވާ ޔުނައިޓެޑް އެއާލައިން އަދި ޑެލްޓާ އެއާލައިންއަށް ޗައިނާއަށް ދަތުރު ކުރުމުގެ ހުއްދަ ދީފައިވާ ނުވާތީއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޗައިނާއިން އެމެރިކާގެ ދެއެއާލައިނަށް ޗައިނާ އަށް ދަތުރު ކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހުއްޓުވާފައިވަނީ ކޮވިޑް-19އާ ގުޅިގެން މިއަހަރުގެ ކުރީގެ ކޮޅެވެ.

މީގެ އިތުރުން ޓްރާންސްޕޮޓޭޝަން ޑިޕާޓްމެންޓުން ބުނެފައިވަނީ އެމެރިކާއާ ޗައިނާ ދެމެދު ހަދާފައިވާ ފްލައިޓް އޮޕަރޭޓް ކުރުމުގެ އެއްބަސްވުމާއި ޗައިނާ އިން ހިލާފުވެފައިވާ ކަމަށެވެ. އަދި އެމެރިކާއިން ޗައިނާގެ ހަތަރު އެއާލައިންގެ ހުއްދަ ބާތިލް ކުރީ ޗައިނާއިން މިހަފްތާ ތެރޭގައި ޔުނައިޓެޑް އެއާލައިން އަދި ޑެލްޓާ އެއާލައިންއަށް ހުއްދަ ދީފައިނުވާތީ ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް