ކ. މާލެ
|
3 ޖޫން 2020 | ބުދަ 07:51
ބަޔަކު ފިހާރައަކުން ހިދުމަތް ހޯދަނީ - ނިއު ނޯމަލްގައި ބޭރަށް ނުކުންނަން ޖެހެނީ މާސްކު އަޅައިގެން
ބަޔަކު ފިހާރައަކުން ހިދުމަތް ހޯދަނީ - ނިއު ނޯމަލްގައި ބޭރަށް ނުކުންނަން ޖެހެނީ މާސްކު އަޅައިގެން
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19، ދުނިޔޭގެ ހާލަތު
ކޮވިޑް-19: ތިން މިލިއަނަށްވުރެ ގިނަ މީހުން ފަރުވާދީގެން ރަނގަޅުވެއްޖެ
ކޮވިޑް-19 ޖެހިގެން ރަނގަޅުކުރެވުނު މީހުންގެ ޢަދަދަކީ 3,010,702
މިވައިރަސް ޖެހިގެން މިހާތަނަށް އާއިރު މަރުވެފައިވަނީ 382,412 މީހުން

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަނގަޅުވީ މީހުންގެ ޢަދަދު ތިން މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

އެގޮތުން މިހާތަނަށް އައިރު މުޅި ދުނިޔެއިން ކޮވިޑް-19 ޖެހިގެން ރަނގަޅުކުރެވުނު މީހުންގެ ޢަދަދަކީ 3,010,702 އެވެ. މިއީ ޖުމުލަ ވައިރަސް ޖެހިފައިވާ 6,485,563 މީހުންގެ ތެރެއިންނެވެ.

މިވައިރަސް ޖެހިގެން މިހާތަނަށް އާއިރު މަރުވެފައިވަނީ 382,412 މީހުންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް ވެކްސިނެއް ހޯދިފައިނުވާއިރު މިވައިރަސް ޖެހޭ މީހުންނަށް ފަރުވާދިނުމަށް ވަކި ޚާއްޞަ ބޭހެއްވެސް އަދި ދިފާޢުވާނެ ވެކްސިނެއްވެސް ހޯދިފައެއް ނުވެއެވެ.

އެކި ޤައުމުތަކުން ވައިރަސް ޖެހޭ މީހުންނަށް ފަރުވާދިނުމަށް އެކި ބޭސް ބޭނުން ކުރަމުންދާއިރު ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާއިން ބުނަމުން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންދާއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށެވެ.

ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ގިނަ ޤައުމުތައް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ. އަނެއް ބައި ޤައުމުތަކުން ވައިރަސް ކޮންޓްރޯލް ކުރެވުމާއި އެކު ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް