ކ. މާލެ
|
2 ޖޫން 2020 | އަންގާރަ 19:42
ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު- އަކްޝޭ ވަނީ ހޭލުންތެރި ކުރުވުމުގެ ވީޑިއޯއެއްވެސް ހަދާފައި
ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު- އަކްޝޭ ވަނީ ހޭލުންތެރި ކުރުވުމުގެ ވީޑިއޯއެއްވެސް ހަދާފައި
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު
ކޮވިޑް-19 އިން ރައްކާތެރިވާނެ ގޮތް އަކްޝޭ ކިޔާދެނީ
އަކްޝޭ ކުމާރުގެ ޚާއްސަ އެވެއަރނަސް ވީޑިއޯއެއް އާންމު ކޮށްފައިވޭ
ޤަވާއިދުން އަތް ދޮވެ ސާފުތާހިރުކަމަށް ޚާއްސަ އިސްކަމެއް ދިނުމަށް ހަނދާންކޮށްދީފައިވޭ
އަލުން ވަޒީފާތަކަށް އެނބުރި ދާއިރު، މާސްކް އެޅުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަން ދިނުމަށް އެދޭ

ކޮވިޑް-19 އިން ރައްކާތެރިވުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު ފަށައިފި އެވެ.

އަންގާރަ ދުވަހު އަކްޝޭ ކުމާރުގެ ޚާއްސަ އެވެއަރނަސް ވީޑިއޯއެއް އާންމު ކޮށްފައި ވާއިރު، އެ ވީޑިއޯގައި އަކްޝޭ ވަނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް ކޮންމެހެން ކުރެވިދާނެ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލާފަ އެވެ. އެގޮތުން މާސްކް އެޅުމުގެ މުހިއްމުކަމާއި، ޤަވާއިދުން އަތް ދޮވެ ސާފުތާހިރުކަމަށް ޚާއްސަ އިސްކަމެއް ދިނުމަށް އަކްޝޭ ވަނީ ހަނދާންކޮށްދީފަ އެވެ.

އޭގެ އިތުރުން، ލޮކްޑައުންއަށް ފަހު އަލުން ވަޒީފާތަކަށް އެނބުރި ދާއިރު، މާސްކް އެޅުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ އިތުރުން، އިޖުތިމާއީ ގައިދުރުކަމަށް ސަމާލުކަން ދިނުމަށްވެސް އަކްޝޭ ގޮވާލާފައި ވެއެވެ.

ދެގަޑިއިރުގެ މަސައްކަތުން ނެގި މި ވީޑިއޯ ޑައިރެކްޓްކޮށްފައި ވަނީ ޑައިރެކްޓަރ އާރް ބަލްކީ އެވެ. އެގޮތުން މަދު ކްރޫއިންތަކެއް ބޭނުން ކޮށްގެން ނެގި މި ވީޑިއޯގައި ހަރަކާތްތެރިވި ކްރޫއިންވެސް އިޖުތިމާއީ ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއް ދިންކަން "އިންޑިއާ ޓައިމްސް"ގައި ރިޕޯޓް ކޮށްފައިވެ އެވެ.

ވީޑިއޯގެ ޑައިރެކްޓަރާ ޙަވާލާދީ އިންޑިއާ ޓައިމްސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި ވީޑިއޯއަކީ އިންޑިއާ ސަރުކާރުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ކޮށްފައިވާ މަސައްކަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް