ކ. މާލެ
|
2 ޖޫން 2020 | އަންގާރަ 12:40
ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު މަޖިލީހުގެ ރައީސްއާ ސަލާމް ކުރައްވަނީ (3 ފެބްރުއަރީ 2020)
ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު މަޖިލީހުގެ ރައީސްއާ ސަލާމް ކުރައްވަނީ (3 ފެބްރުއަރީ 2020)
ރައްޔިތުންގެ މަޖިލިސް
ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު
ބަންޑާރަ ނައިބްގެ ޝުކުރު މަޖިލީސް މެމްބަރުންނަށް
 
ބިލް ފާސްވީ 74 މެމްބަރުންގެ އިއްތިފާގުން
 
ސުޕްރީމް ކޯޓުން ވަނީ ލަފާއެއް ނެރެފައި
 
ބިލް ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެރޭ ދަންވަރު

ކައުންސިލް އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާގޮތަށް ޤާނޫނު އަސާސީ އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާތީ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު، މަޖިލީހުގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.

ހޯމަ ދުވަހުގެ ދަންވަރު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ނިންމުމަށް ތާއިދު ކުރައްވަމުން ރިއްފަތު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، ލާމަރުކަޒީ ނިޒާމު މެދުކެނޑުމެއް ނެތި ދެމެހެއްޓުމަށް މަޖިލީހުގެ މެންބަރުން ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިހާބު ވަނީ ފަސް ކުރެވިފަ އެވެ. އެއާއެކު މިހާރު އިންތިޚާބު ކުރެވިފައިވާ ކައުންސިލްތަކުގެ މުއްދަތު ޖޫން މަހުގެ ތިން ވަނަ ދުވަހު ހަމަވާތީ އެކަމަށް ހައްލެއް ގެނައުމަށް ގަނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ފަސް ވަނަ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.

މި ބިލުގެ ބަހުސް މަރުޙަލާގައި މި ހާލަތުގައި ގާނޫނުއަސާސީ އިސްލާޙު ކުރެވޭނެތޯ މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުން ތަކާއެކު އެންމެ ފަހުން މަޖިލީހުން ވަނީ މިކަމުގައި އިސްތިޝާރީ ލަފަކަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ލަފާގައި ވަނީ ގާނޫނުއަސާސީ ގައި އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ. އަދި ގާނޫނު އަސާސީ އަށް އިސްލަހު ނުގެނެސް، ކައުންސިލަރުންގެ ދައުރު ދައްމާނުލެވޭނެ ކަމަށް ލަފާގައި ވެއެވެ. ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި މި މަގުސަދު ހާސިލު ކުރުމަށްޓަކައި ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމެނުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ލަފާގައި ރައުޔުގައި ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
0%
0%
50%
ކޮމެންޓް