ކ. މާލެ
|
2 ޖޫން 2020 | އަންގާރަ 08:14
ސޫޖޯ ސިޓީން ވަނީ މާލެ ސިޓީ އަށް 20،000 މާސްކު ހަދިޔާ ކޮށްފައި
ސޫޖޯ ސިޓީން ވަނީ މާލެ ސިޓީ އަށް 20،000 މާސްކު ހަދިޔާ ކޮށްފައި
ފޮރިން މިނިސްޓްރީ
ޗައިނާ އިން ރާއްޖެއަށް އެހީ ފޯރުކޮށްދިނުން
ޗައިނާގެ ސޫޖޯ ސިޓީން، މާލެ ސިޓީ ކައުންސިލަށް މާސްކު ހަދިޔާކޮށްފި
 
ޗައިނާއިން ދަނީ އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން

ޗައިނާގެ ޖިއަންގް ޝޫ ޕްރޮވިންސްގެ ސޫޖޯ ސިޓީން, މާލެ ސިޓީ ކައުންސިލަށް މާސްކު ހަދިޔާ ކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް އެ ސިޓީން 20،000 މާސްކު ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޗައިނާ އިން ދަނީ އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. މާސްކު އަދި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓުގެ އިތުރުން ސިއްހީ އެހެނިހެން އާލަތްތައް ޗައިނާއިން ވަނީ މީގެ ކުރިންވެސް ހަދިޔާކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޗައިނާ ސަފީރު ގެންދަވަނީ ރާއްޖެއާ ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ. އަދި ސަފީރު ވަނީ މި ހާލަތުން އަރައިގަތުމަށް ޗައިނާގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އަރުއްވާފަ އެވެ. އޭގެއިތުރުން ރާއްޖެއިން އަމަލު ކުރަމުންދާގޮތަށް ޗައިނާއިން ދަނީ ތައުރީފް ކުރަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަަދު ސޯލިހުގެ ލީޑަރޝިޕްގެ ދަށުން ރާއްޖެއިން ކޮވިޑް-19 އަރައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ޗައިނާ އަށް އެބައޮތް ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވެސް ވަނީ، ވިދާޅުވެފައިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް